ތުޅާދޫ ކައުންސިލުން ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި

އޮކްޓޯބަރު 13, 2025 - 20:32
އޮކްޓޯބަރު 14, 2025 - 13:12
 0
ތުޅާދޫ ކައުންސިލުން  ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި
ތުޅާދޫ ކައުންސިލުން  ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި
ތުޅާދޫ ކައުންސިލުން  ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި
ތުޅާދޫ ކައުންސިލުން  ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި
ތުޅާދޫ ކައުންސިލުން  ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި
ތުޅާދޫ ކައުންސިލުން  ޤައުމީ މުބާރާތުގައި ވަނަ ހޯއްދެވި ދެކުދިންނަށް މަރުޙަބާ ކިޔާފި

ތުޅާދޫއަށް ރީތި ހޯދާ ދިނުމަކީ ތުލާދޫ ކުދިން ކުރުމަށް ޢަޒުމު ކަޑައަޅައިފި ނަމަ ނުވާވަރު ކަމެއްނޫނެއެވެ. މިގޮތުން މިއަދު ތުޅާދޫއަށް 37 ވަނަ ޤައުމީ މުބާރާތުން ބަލައިގެން ކިޔެވުމުގެ ފޮތުން ދެވަނަ ހޯއްދެވި ދެ ދަރިވަރުން ކަމުގައިވާ އާރިކްއާއި އަލްމާ އަށް ތުޅާދޫ ކައުންސިލުންނާއި ތުޅާދޫގެ ލޮބުވެތި ރައްޔިތުން  ވަރަށް ހޫނު މަރުޙަބާ އެއް ކިޔައިފިއެވެ. މިކަމަށްޓަކައި އިއްޔެ ހަވީރުއްސުރެ ބަނދަރު ސަރަޙައްދު ކައުންސިލުގެ ހިވާގި މުޥައްޒިފުން ތައްޔާރީއަކަށް ގެނައުމުގައި ހިތްވަރާއިއެކު މަސައްކަތް ކުރިއެވެ. 

މިކަމަށްޓަކައި ތުލާދޫ ކައުންސިލުން އެހީވާގި މުޥައްޒަފުންނަށް ސުކުރުދަންނަވައެވެ. މިއަދު އާރިކު އާއި އަލްމާގެ މޫނުމަތިން އުފާވެފައިވާކަން ފާހަކަ ވެގެން ދިޔައީ އަޅުގަޑުގެ ގަލަމަށް އެކަން ސިފަ ކޮށްދޭން ދަތި މިންވަރަށެވެ. މާތްﷲ މިދެކުދިންގެ ޢަމަލުގައި ބަރަކާތްލައްވާށިއެވެ. އަދި ކާމިޔާބީގެ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރުމުގެ ހެޔޮކަން ދެއްވާށިއެވެ. 

ތުޅާދޫ އަކީ ފަޚުރުވެރި ދަރިންތަކެއް ތިބި ރަށެކޭ އަޅުގަޑު އަބަދުވެސް ދަންނަވާފަދައިން މިއަދު ވެސް ދަންނަވަމެވެ. މިފަދަ ކޮންމެ ހިނދުކޮޅުތަކަކީ އަލުގަޑުމެން އެހިނދު ކޮޅުތަކުން ޢިބްރަތްތެރި ދަރުސްތައް ލިބިގަނެ އިތުރަށް ރަށް ކާމިޔާބީ ތަކުން ފުރާލަން ޢަޒުމު ކަޑައަޅަންވީ ހިނދު ހިނދު ތަކެވެ. އެހެންކަމުން ތުޅާދޫ ޓީމު އެކުރެއްވި ހިތްވަރާއި އަލްމާ އާއި އާރިކް ހޯދި ކާމިޔާބަށް ތުޅާދޫމަލައިގެ އެންމެ އަހުލުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.