37 ވަނަ ޤައުމީ ޤުރްއާން މުބާރާތް - އަހަންރަށު ޓީމު ހޯދިކާމިޔާބަށް މަރުޙަބާ

އޮކްޓޯބަރު 13, 2025 - 05:55
އޮކްޓޯބަރު 14, 2025 - 13:22
 0
37 ވަނަ ޤައުމީ ޤުރްއާން މުބާރާތް - އަހަންރަށު ޓީމު ހޯދިކާމިޔާބަށް މަރުޙަބާ
37 ވަނަ ޤައުމީ ޤުރްއާން މުބާރާތް - އަހަންރަށު ޓީމު ހޯދިކާމިޔާބަށް މަރުޙަބާ

37 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ތުޅާދޫ ޓީމު މިފަހަރުވެސް ވާދަކުރިއެވެ. އަބަދުވެސް ޤައުމީ މުބާރާތުގައި ވާދަ ކުރެއެވެ. ތުޅާދޫ ޓީމުގެ ބެލެނިވެރިންނަކީ އަބަދުވެސް މިކަމަށްޓަކައި ހިތްވަރާއިއެކު މަސައްކަތްކުރާ ބެލެނިވެރިންތަކެއް އުޅޭ  ޓީމެކެވެ.

މިގޮތުން މިއަހަރުގެ ޤުރްއާން މުބާރާތުގައިވެސް އަހަންރަށު ޓީމު ވާދަކޮށް އެކަށީގެންވާ ކާމިޔާބެއް ރަށަށް ހޯދާދިނެވެ. އެގޮތުން ތުލާދޫ ސްޕޯރޓްސް ކުލަބުން ވާދަ ކުރި ދަރިވަރު މުޙައްމަދު އާރިކް އަޙްމަދު ޞާލިޙު އާއި ރަޥްޟަތުލް އަޠްފާލި ޤުރްއާން ކިލާހުން ބައިވެރިވި ދަރިވަރު އަލްމާ އަޙްމަދު އަސްލަމް ވަނީ 2 ވަނަ ހޮދައިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ފޮތުގެ ބައިން އާރިކް ދެވަނަ ހޯދި އިރު ، އަލްމާ ދެވަނަ ހޯދާފައިފައިވަނީ ވެސް ބަލައިގެން ކިޔެވުމުގެ ބައި 20 ފޮތުގެ ބައިން ކަން ފާހަގަ ކޮށްލެވެއެވެ. ދެކުދިންނަށްވެސް ތުޅާދޫ މަލައިން މަރުޙަބާ ދަންނަވަމެވެ. 

އަދި މުޅިޓީމުގެ ހިތްވަރާއި މަސައްކަތް އެއީ ތުޅާދޫމަލައިން ތިޔަ ޓީމަށްޓަކައި ފަޚުރުވާނޭ ކަމެއްކަމަށް ދަންނަވާ ހިނދު ތުޅާދޫ ސްޕޯރޓްސް ކުލަބުގެ ތާރީޚުގެ ތެރެއަށް އައި އިތުރު ބޮޅަށް މަރުޙަބާ ކިޔާއިރު ، ރަޥްޟަތު ކިލާހަށްވެސް ވަރަށް ހޫނު މަރުޙަބާ އެއްދަންނަވަމެވެ. އަދި މުޙައްމަދު އާރިކް އަކީ ކުލާހުގައި އުގެނއމުންއަންނަ ދަރިވަރެއް ކަންވެސް ފާހަގަ ކޮށް މަރުޙަބާ ދަންނަވަމެވެ 

މިއަހަރުގެ ޤައުމީ މުބާރާތުގައި ވެސް އަހަންރަށު ޓީމުން ވަރަށް ހިތްވަރު ކުރާކަން ފާހަކަ ކުރެވުނެވެ. ކޮންމެއަކަސް މިއަހަރު ތުޅާދޫން މިވާދަ ކުރި ޓީމުގައި ހިމެނޭ ކުލަބެއްގެ ފަރާތުން ބައިވެރިވެ ވާދަ ކުރެއްވި ދަރިވަރަކަށާއި އަމިއްލަ ޤުރްއާން ކިލާހަކުން ވާދަ ކުރެއްވި ދަރިވަރަކަށް ވަނަ ޙާޞިލު ވެފައިވީހިނދު ކޮންމެވެސް ޢިބްރަތެއް މިކަންކަމުންވެސް ޙާޞިލު ކުރަން އެބަޖެހެއެވެ. އަދި އަހަންރަށު ޓީމަށް މިއަށްވުރެ ރަގަޅު ކާމިޔާބީތައް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުން ތުޅާދޫ ޓިމުގެ އެންމެ ހީވާގި ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަދަށްފަހި މާދަމާ އަކަށް އެދެމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.