އިއްޔެ އައިސް ޕްލާންޓް މަރާމާތު ކޮށް ޚިދުމަތް ދޭން ފަށައިފި

އިއްޔެ އައިސް ޕްލާންޓް މަރާމާތު ކޮށް ޚިދުމަތް ދޭން ފަށައިފި

ސެޕްޓެމްބަރ 22, 2025 - 23:57
 0
އިއްޔެ އައިސް ޕްލާންޓް މަރާމާތު ކޮށް ޚިދުމަތް ދޭން ފަށައިފި

15 އަގޮސްޓް 2025 ވަނަ ދުވަހުން ފެށިގެން ތުޅާދޫ އައިސް ޕްލާންޓުގެ މަސައްކަތް ވަނީ މެދުކެޑުމަކަށް އައިސްފައެވެ. ނަމަވެސް މިފްކޯ އިން މަސައްކަތް ކުރައްވައިގެން އިއްޔެ ވަނީ ޚިދުމަތް ދޭންފަށައިފައެވެ.

މިފެށޭ އިރުވައި މޫސުމަކީ ތުޅާދޫ ގެ އައިސް ޕްލާންޓުގެ ބޭނުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހިފާނެ ދުވަސްވަރެކެވެ. އެހެންކަމުން އައިސް ޕްލާންޓުގެ ޚިދުމަތް ހުއްޓުމަކަށް އައިސްފި ނަމަ ، އެއީ ތުޅާދޫ އާއި ރާއްޖޭގެ އެހެނިހެން ސަރަޙައްދު ތަކުގެ މަސްވެރިންނަށް ވެސް ތަޙައްމަލު ކުރުން ދަތި ގެއްލުމަކަށް ވާނެއެވެ. ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އިތުރުން އައިސްކޮށްގެން ތަކެތި މާލެ ފޮނުވާ ފަރާތްތަކަށް ވެސް ހުރި ގެއްލުމެކެވެ.

ތުޅާދޫ އަކީ މާޅެ ދަތުރު ކުރާ ދެ ބޯޓާއި ޑެއިލީ ފެރީ ގެ ދެފެރީގެ ޚިދުމަތް މިހާރުވެސް ލިބެމުންދާ ރަށެއްކަމުން ، ފުދޭވަރަކަށް މާލެއަށް ތުޅާދޫން ތަކެތި އިމްޕޯރޓު ކުރެވެމުން ދެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.