މިސްކިތެއް ބިނާކުރުން – އުޚުރަވީ ، ދުންޔަވީ މަންފާ
ތުޅާދޫގައި 2019 ވަނައަހަރު ބިންގާ އަޅައިގެން ބިނާކުރަމުންދާ ދެބުރި މިސްކިތް ނިމޭނީ ކޮންދުވަހަކުންބާ؟؟؟؟
އިސްލާމުދީނަކީ އިންސާނާއަށް އޮތް އެންމެ ފައިދާ ހުރި މަގެވެ. އެމަގުން ހެޔޮ ގޮތުގައި ހިގަންފަށައިފި އަޅަކަށް ދެދުނިޔޭގެ މަންފާ ކުރާނެއެވެ. އިސްލާމްދީނަކީ ހުރިހާ ޙައްޤުތަކެއް އިންސާނާ އަށް އެންމެ ޢަދުލުވެރި ގޮތުގައި ލިއްބާދޭ ދީނެވެ. މިދީނުގެ ތަރަހައިގެ ތެރޭގައި ހުރެ ހެޔޮވެރިކަމަކަށް ނުވަތަ ހެޔޮކަމަކަށް ނޫނީ ހެޔޮ ފާލަކަށް ނޫނީ ހެޔޮ ވިސްނުމަކަށް އެދިއްޖެ މިހާއަށް ﷲ ދިލަތިވަންތަކަމާއިއެކު އެކަމެއްދެއްވަތެވެ. ިއެވެ.
އެހެންނަމަވެސް މިދެންނެވިކަންކަމުގަ އިންސާނާ އޭނާގެ މަޤްޞަދުތައް ޙާޞިލު ކުރުމުގައި އިހްމާލު ވެއްޖެނަމަ ، ސަލާމަތުގެ އައްސޭރި އޮންނާނީ ލޮލުކޮޅަށް އޮބާފައެވެ. މިސްކިތެއް ބިނާކުރުމަކީ ދެދުނިޔޭގެ މަންފާ ހުރިކަމެކެވެ. ނަމަވެސް މި މަންފާ ލިބިގަތުމަށްޓަކައި އިންސާނާއަށް ބުއްދި ދެއްވި ރަސްކަލާނގެ ކޮނމެ ކަމަކަށްވެސް މިންވަރެއްލެއްވިއެވެ. ވަގުތަކީ އިންސާނާގެ ފަސްފަހަތުން ކުރިއަށް ދަތުރުކުރާ އެއްޗެއްކަމުގައި ލައްވާފައިވުމުގައި އެތައް އެތައް ޙިކުމަތްތަކެއް ލެއްވިއެވެ. އެހެންވީމާ އުޚްރަވީ ފައިދާއަށް އެދޭމީހާ ﷲއަށް އަޅުކަންކުރުމުގެ ފުރުޞަތު ދިގުދައްމާނެ ތޯއެވެ. މިއީ މިއަދު ތުލާދުގެ އިއްޒަތްތެރިވެރިންނާއި ދިވެހިސަރުކާރުގެ ސަމާލުކަމަށް ގެންނަން ވެއްޖެ ކަމެކެވެ.
ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން ތުޅާދޫމަލަ ހަމައެކަނި ވަކާލާތު ކުރަނީ ތުޅާދޫ ގެ ރައްޔިތުން އެންމެބޭނުންވާ ކަންތައް ބޯހިޔާވަހި ކަމަކަށް އެކަންޏެއްނޫނެވެ. ތުޅާދުގެ ބިމުން ތުޅާދުގެ ލޮބުވެތި ރައްޔިތުންނަށް ލިބެންޖެހޭ އެހެނިހެން ކަންކަމުގެ ވާހަކަ ހަނދާންނައްތައެއް ނުލާނެއެވެ. ބަޔަކު ކިތައްމެ ނަފުރަތެއް ކުރިޔަސް ޙަޤީޤަތު ބަދަލެއް ނުކުރެވޭނެއެވެ.
ދިވެހިސަރުކާރުން ދިވެހި މުސްލިމުންނަށްޓަކައި މިސްކިތެއްބިނާކުރުމަށް ޢަޒުމުކަޑައަޅާ މަސައްކަތް ކުރާ ފަރާތަކަށް ޚާއްޞަ ޢިނާޔަތްތަކެއް ދެއްވަނީކީ އިއްޔެއަކު މިއަދަކު ނޫނެވެ. މިސްކިތް އަޅަން ބޭނުންވާ ސާމާނުގެ ނަމުގައި އެތެރެކުރެވޭ ތަކެތިގެ ޑިއުޓީ ގެ ޢިނާޔަތެވެ. 2019 ވަނައަހަރު ބިންގާ އަޅައިގެން ކުރިއަށް ގެންދާ މިސްކިތެއް ނިންމާނެ ޑޭޓެއްވެސް އޮންނަންވާނެތާއެވެ. މިއަދަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން އޮނަވިހިވަނައަށް އައި ހުކުރު ދުވައެވެ. ތުޅާދޫދާއިރާގެ އިއްޒަތްތެރިމެމްބަރުއެވެ. މިކަން މިވާގޮތް މަލައިގެ އަހުލުވެރިންގެ ހިތްތަކަކަށް މިއަދު ބަރޯސާ ކުރަންދަތިވެއެވެ. ވީމާ ، ދިވެހި ސަރުކާރުގެ އުޞޫލުތަކުގެ ތެރެއިން މިކަން އަވަސްކޮށްދެވޭތޯ މަނިކުފާނު މަސައްކަތް ކުރެއްވުމަށް ގޮވާލަމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












