ޙައްޤު ބަސް ބުނަންވީ ކޮންއިރަކު ބާ؟
ޙައްޤު ބަސް ބުނަންވީ ކޮންއިރަކު ބާ؟
ޙައްޤުބަސް ބުނަންވީ ކޮންވަގުތަކުބާ؟
އަޅުގަޑުމެން އިންސާނުންނަކީ ޤަދަރާއި ނުފޫޒު ބޭނުންވާ ބައެކެވެ. އަޅުގަޑުމެން ޞުލްޛަމަސަލަސް ކަން އިޚްތިޔާރު ކުރަންވީ އަޅުގަޑުމެންނަށް ލިބިފައިވާ މަޤާމާއި މަތިވެރިކަން އަޅުގަޑުމެންނާއި އެކު ވާނަމތޯ ނުވަތަ ނޫންތޯ މިއީ އަޅުގަޑުމެން އަމިއްލަ ނަފްސާމެދު ކޮށްލަންޖެހޭ ސުވާލެއް ކަމާއިމެދު އެއްވެސް އިޚްތިލާފެއްނެތް ދެއްތޯއެވެ. ތިމާގެ މަޤާމުގެއްލިދިޔައީމާ ، އެކަމުގެ ސަބަބުން މުޖްތަމަޢްގެ އަފްރާދުންގެ މެދުގައި އޮންނަންޖެހޭ އުފާވެރި މަސަލަސް ގުޅުންތައް ހީނަރުވެގެން އަންނަ އިރު ކޮންމެވެސް ބައެއްގެ ސަޕޯޓް ތިމާއަށް ލިބިދާނެއެވެ. ނަމަވެސް އޭނާއަށް އޭގެ ޙައްޤު ގޮތުގައި ހޯދަން އެގުނުނަމަ ، ޙައްޤުބަސް ބުނެވޭނީ އޭގެ ޙާލަތުގައިކަން ޔަޤީނެވެ.
މިއަދު މިދިވެހިރާއްޖޭގެ އިސްލާމީ އުޚުއްވަތްތެރިކަމުގެ ކިއްލާގައި ރެދު ތަކެއް ލަމުން މިދަނީ ސިޔާސީބޭފުޅުންގެ ތައްފާޙުގައި ދައްކަން ޖެހޭ ވާހަކަތައް ދައްކާ މީހުންނާއި އެވާހަކަތައް އަޑުއަހާ ޤަބޫލުކުރިޔަސް ނުކުރިޔަސް އެވާހަކަތަކުން ކުރިތަކެއް އިތުރު ކުރުމުގައި އިސްލާމީ އަދަބުތަކާއި ޚިލާފުވެވޭތީއޭ މިދަންނަވާ ދެންނެވުން ކުށަކަށް ވާނަމަ އަޅުގަޑަށް މާފު ކުރައްވާށެވެ.
ޙައްޤުބަސް ބުނުމުގައި އެންމެރަގަޅީ ކޮންގޮތެއްތޯ ބަލާއިރު އެކަމެއް ހިގާ ވަގުތަށް ވުރެ ފައިދާ ހުރި އެހެންވަގުތެއް ނާންނާނެއެވެ. ފަހުން ޙައްޤުބަސް ބުނަންހުރީމާ ގިނަފަހަރަށް ވާގޮތަކީ އެކަމެއްގައި ސާމިލުވާ މީހުން ނަށް އަދަބު ނުލިބި އެހެންބަޔަކު ހަންވެދިޔައީމާ މުޖްތަމަޢްއަށް ފައިދާ ނުވިޔަސް އޭގެން ކޮންމެވެސް ބަޔަކަށް ފައިދާ ވާ މަންޒަރު ސިފަވެގެންދެއެވެ. އަޅުގަދުމެންނަށް ވާގޮތަކީ މަޤާމެއް ކޮޅަށްޖެހިފަ ހުރީތީ ޙައްޤުބަސްކަން އެގޭއިރުވެސް ނޫނެކޭ ހަމަހިލާ ތިހެންނަކުންނެއްނޫނޭ ބުނެނިންމާލުމަކީ އިންސާނީ ޠަބީޢަތުގައި ހަރުލަމުންދާ ނުބައި އާދައެކެވެ. އެއްވެސް އެއްޗެއް ނުބުނެ ހަނުހުރުމަކީ އެއަށްވުރެ ޞުލްޙަވެރި ގޮތެކެވެ. ކޮންމެ މީހަކަށް ނަމަވެސް އަނެކާ ރަގަޅުވަނީ ތިމާގެ މަސްލަޙަތަށްޓަކައި އެއްޗެއް ބުނީމައެވެ. އޭގެ މިސާލުތައް މިރާއްޖޭގެ ސިޔާސީ ޕޯޑިއަމްތަކުން ފެންނަމުންއެދަނީ ދެއްތޯއެވެ.
އިސްލާމްދީނުގައި ވެރިއެއް ޚާދިމެއް ޙައްޤުބަސްބުނުމުގައި އޮންނަ ތަފާތަކީ އޭނާ ﷲ އަށް ބިރުވެތިވާ މިންވަރު ފިޔަވާ އެހެން އެއްވެސް ކަމެއްނޫނެވެ. މަޤާމަކަށްޓަކައި ދޮގުހެކިދޭންވީއެވެ. މަޤާމަކަށްޓަކައި ތެދުބަސް ބުނަންވީއެވެ. މިސާލަކަށް މަޤާމެއްނެތީމާ ހައްޤުބަސް ނުބުނެ ހުންނަ ވަގުތުތައްވެސް އެއާދެއެވެ. މަޤާމެއް ލިބޭނެކަމަށް ޙައްޤުބަސް ބުނާތަންވެސް އަދި މަޤާމެއް ލިބުނީމާ ޙައްޤުބަސް ނުބުނެ ޙައްޤުނޫންބަސް ދިރިގެންދާ މަންޒަރުވެސް އެބަ ފެނެއެވެ. އަޅުގަޑަށް ދެންނެވޭނީ ޙައްޤުބަސް ބުނާބޭފުޅަކު ބިރުވެތި ވާނީ ހަމައެކަނި ޢާލަމްތައް ހައްދަވާ އިންސާނުންނާއި އެންމެހައި މަޚްލޫޤާތުގެ ވެރިﷲ އަށް ފިޔަވާ ކޮންއެހެންފަރާތަކަށްތޯއެވެ. ޙައްޤުބަސް ބުނާ ބޭފުޅާ ﷲ ގެ ބިމުގައި އެއީ ހިލާލީ ގޯޅިކަމުގައިވިޔަސް ، މަޖީދީ މަގުން އެއްކޮޅުންއަނެއްކޮޅަށްވިޔަސް ހިގާލާފައިފަ ދާން ޖެހިލުންވާންޖެހޭނެ ވަގުތެއް ނޯންނާނެތާއެވެ.
ކޮންމެއަކަސް ޙައްޤުބަސް އޭގެ ވަގުތުގައި ބުނުމަކުން ގޯހެއްނެތެވެ. ވިއްޔާވާނީ ރަގަޅެވެ. ފާއިތުވެދާފަހުން ބުނީމާ ކެޔޮފީނީގެ ބުޑުވެސް ފެންނާކަށް ނޯންނާނެދެއްތޯއެވެ. އަޅުގަޑުމެންނަކީ އިސްލާމީ ހަމަތަކުގައި ﷲގެ ވަޖުހުފުޅަށްޓަކައި ހިފައިގެންއުޅޭ ބަޔަކަށް ވެގެންނޫނީ ޙައްޤުބަހެއް ނުބުނެވޭނެއެވެ. އަޅުގަދުއެދެނީ މިދިވެހިރާއްޖޭގެ އެންމެފަރުދުންނަކީ ޙައްޤުބަސްބުނާ ، ޙައްޤަށް ނަޞްރުދޭ ބައެއްކަމުގައި ކީރިތި ﷲ މިންވަރު ކުރައްވާ ، މިދިވެހިރާއްޖޭގެ ސަލާމަތަކީ އިސްލާމްދީނުގެ ނޫރުކަމުގައި ބަލައިގެންދިރިއުޅޭ ޖީލަކަށްފަހު ޖީލެއް މިންވަރު ކުރެއްވުމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0











