ހިޖްރީ އާ އަހަރަކާއި ކުރިމަތިލާ ހިނދު 

ހިޖްރީ އާ އަހަރަކާއި ކުރިމަތިލާ ހިނދު 

ޖްނުއަރީ 1, 2012 - 00:00
އޮގަސްޓް 21, 2025 - 14:31
 0
ހިޖްރީ އާ އަހަރަކާއި ކުރިމަތިލާ ހިނދު 
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރަނީ 2012
ހިޖްރީ އާ އަހަރަކާއި ކުރިމަތިލާ ހިނދު 

އަޅުގަޑުމެންނަކީ އަޅުގަޑުމެންގެ ބައެއްކަންކަމުގައި އިޚްތިޔާރު ލިބިފައިވާ ބައެއްކަން ކަށަވަރެވެ. އަޅުގަޑުމެން ހިތުން އަޅުގަޑުމެންނަކީ ހުރިހާކަމެއް ހިތަށްއެރި ގޮތަކަށް ކޮށްލުމުގެ މިނިވަންކަމާއި އިޚްތިޔާރީ ބާރުތައް އެންމެ ފުރިހަމައަށް ލިބިދީފައިވާ ބައެއްކަމުގައި ހީކުރަމުންދިޔުން އެއީ ވަރަށް ބޮޑު ގޯހެކެވެ. އަޅުގަޑުމެން ކުޑަކުއްޖެއްކަމުގައި ވިއެވެ. ވަރަށް ގިނަބައެއްގެ އެހީތެރިކަމާއިއެކު ، ޒުވާނަކަށްވެ، ޙަޔާތުގެ މައިދާނުގައި ދުނިޔެދެނެގަނެ ، އެދުނިޔެ ތަޢްމީރު ކުރަމުންދާ ބަޔަކަށް އަޅުގަޑުމެންވަނީ އަޅުގަޑުމެންގެ ފަސްފަހަތުގައި މާޟީއެއް އަދި ކުރިމަތީގައި ކުރިމަގެއް ވާ ޙާލުގައެވެ. 
ތުޅާދޫ މަލައިގެ ލޮބުވެތި އަހްލުވެރިންނަށް ހިޖްރީ އާއަހަރުގެ ހެޔޮއެދުންތައް ދަންނަވަމެވެ. މިއަދު އަޅުގަޑުމެން މުސްލިމުންނަކީ ބާރު ހުރި އާރު ހުރި ބަޔަކަށް ވުމަށްޓަކައި ޢަޒުމު ކަޑައަޅަންއެބަޖެހެވެ. ދުވަސްވަރަކީ މުޅިއިންސާނިއްޔަތު ވެރިކަމަކަށްޓަކައި ދުނިޔެ ދަހި ކުރަމުންދާ ދުވަސްތަކެކޭ ދެންނެވުން ކުށަކަށް ވާނަމަ ، އަޅުގަޑަށް މާފު ކުރާށެވެ. އަޅުގަޑުމެންނަކީ މަތިވެރި ޙަޟާރަތަކާއި ، ނުގުޑާފަދަ އުޚްވަތްތެރިގުޅުމެއް އޮތްބައެކެވެ. ނަމަވެސް މިދެންނެވި ޙަޟާރަތާއި މިދެންނެވިގުޅުން ބިމުހުރި ވެއްޔަށް ވެދިޔައީ ކީއްވެތޯ ކޮންމެ މުސްލިމަކުވެސް އޭނާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލަން އެބަޖެހެއެވެ. އަޅުގަޑުމެން އަމިއްލަ ނަފްސަށްޓަކައި އެދޭ ހެޔޮކަން ލިބުން ތިމާފަދަ އަނެކުންނަށް ނޭދެވެންވީ އަމިއްލަ އެދުމޭ މިކިޔާ ނުބައި ވަބާގެ ސަބަބުންނެވެ. މި ވަބާގެ ނުރައްކާތެރިކަން އިންސާނީ ދިރިއުޅުން ކަމުންކަމުން ގޮސް ހުސްކޮށްލެވޭހިނދުވެސް މިދަހިވެތި ޙަސަދައިން ފުރިފައިވާ އިންސާނާ އަކަށް އަސަރުގެ ކުޑަމިންވަރެއްވެސް ނެތި އޭނާ އެދޭހާ ގޮތަކަށް އުޅެމުންއެދަނީ ދިމާ ކުރިމަތިން އަލިފާނުގެ ވާރޭ ވިލާގެ ފޮދުވަރުތައް ނުފެންނާތީބާވައެވެ. 
މުސްލިމުންނަކީ އެކަތި ގަޑަކަށްވެއްޖެނަމަ ދުނިޔޭގަ ސިޔާސީ ގޮތުންނާއި ޢުމުރާނީ ، އިޤްތިޞާދީ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. މިކަން ޢައްބާސީ ޚިލާފަތާއި ހަމައިން ގެއްލިދިޔުމަށް ދިމާވި ސަބަބުތަކުގައި ހިފައިގެން މުސްލިމުން އެކަތިގަޑަކަށް ވަމާތޯއެވެ. އޭރުން މިއޮޑިއެއް ނުފެތޭނެއެވެ. ފަރުދީ ގުޅުންތައް ކެޑެން މިދިމާވަނީ ހެޔޮއެދުމުގެ ނަމުގައި ތިމާގެ އަޚާގެ ދިރިއުޅުން ކަތުރުފަންޏެއްހެން ކެވޭތީކަމަށް އިންސާނާ ޤަބޫލުކޮށްފުމަށްދާދެން އަބާއްޖަވެރިކަން އެބައެއްގެ ފަހަތުން މުގޯލި އަޅާނެކަންއ  އެގެނީ ވާނެހާ އެއްޗެއްވެ ނިމޭފަހުންނެވެ. 
އަޅުގަޑު އެދެނީ މުސްލިމުންނަށާއި މިދިވެހިރާއްޖެއަށް ހެޔޮކަންކަމުގައި އެހީތެރިވެ ވާގިވެރިވާ ޒުވާން ޖީލަކަށެވެ. މިކުރިމަތިވީ އާ އަހަރަކީ ހުރިހާ ގޮތަކުންވެސް މުސްލިމުންނަށް ފާގަތި އަމާން އަހަރެއްކަމުގައި ﷲ މިންވަރުކުރައްވައި ، ހެޔޮމަގުން ހިގުމުގެ ތަޢްފީޤް މިންވަރު ކުރެއްވުމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.