" ފުރައްސާރަ " ދުނިޔެވަށާ ހަމަކުރުން _ ދުނިޔޭގެ ތާރީޚުން ފަޅި ސިކުންތު
މިއީ ދުނިޔޭގައި "ފުރައްސާރަ ޢާއްމު ވި ގޮތާއި ބެހޭގޮތުން މި މަލައިގެ އެޑިޓަރ ދެކޭ ގޮތާއި މެދު ލިޔަމުންދާ އާރޓިކަލެކެވެ.
ދުނިޔެ އަންސާނާއަށް ތަފާތު ކުލަތަކާއި ވަސްތަކާއި ގޮތްތައް ދައްކަނީ އިންސާނީ ވިސްނުން ތަރައްޤީގެ އުސްމިންތަކަށް ވާޞިލުވާން އޭނާ ބޭނުންވާނޭ ކަންކަމާއިވެސް އެކުގައެވެ. ނަމަވެސް ﷲ އިންސާނާއަށް ބުއްދި ދެއްވައި އެކަލާނގެ ކަލާމް ފުޅުގެ އެތައްތަނެއްގައި ވިސްނާ ފިކުރު ކުރާ ބަޔަކަށް ހުރި ހެކިތަކެއް ވާކަން ކަށަވަރޭ ޥަޙީ ކުރައްވާފައި ވި ސަބަބުތައް ގުނާ ކޮޅުންނުލައެވެ. ދުނިޔެ ތަޢުމީރު ކުރަން އެދޭ މީހާ ސަބަބުތަކުގައި ހިފައިގެން ކުރިއަށް ގޮސްފިނަމަ ، ނުކުންނާނޭ އެތައްމަގެއް ﷲ އިންސާނާއަށް ދައްކަވައެވެ.
ފުރައްސާރަ ކުރުމަކީ ދުނިޔެ އަށް އިންސާނާ ލެއްވި ފުރަތަމަ ޤަރުނުގައިވެސް ޢާއްމުވެ ، މަސް ޖަހަމުންދިޔަ ނުރައްކާތެރި ވަބާއެކެވެ. ޢާއިލާތަކާއި ވެރިކަންތަކުގައާއި ދޭދޭ ފަރުދުންގެ މެދުގައެވެ. ކީރިތި ޤުރްއާން ގައި އެކަމުގެ ނުރައްކާތެރިކަން އިންސާނީ ނަސްލަށް ވިސްނާ ދެއްވުމަށްޓަކައި ސޫރަތެއްވެސް ބާވާލައްވައިފައި ވުމީ މިކަމުގެ އަލި ގަދަ ދަލީލެކެވެ. އެކިއެކި ރަސޫލު ބޭކަލުންނަށް ފުރައްސާރައާއި ކުރިމަތިލާން ޖެހި ވަޑައިގަތެވެ. މިކަން ކަމުގެ ތެރޭގައި ބައެއް ރަސޫލުންނާއި ނަބީ ބޭކަލުން ޤަތުލުކޮށްލެވިފައި ވެއެވެ. މިއީ ދުނިޔޭގެ ތާރީޚު އިންސާނާއަށް ދައްކާފައި ކަންކަމެވެ.
އިސްލާމްދީނުގެ ދައްމަރައިގެން އަޅުގަޑު މެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ރިސާލާތަށް މިވަބާއާއި ކުރިމަތިލާން ޖެހުނެވެ. އަދި ޤިޔާމަތާއި ހަމައަށް މި ވަބާ ދުނިޔެ ވަށާއި ބުރު ޖަހަމުން ދާނޭ ފަދަ ގޮތްތަކެއް މިދުނިޔޭގައި ލެއްވި ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އިންސާނުން އިމްތިޙާން ކުރުމަށްޓަކައި މިލެއްވި ނުބައިވަބާއި މީސްތަކުން ދުނިޔޭގެ ދަހިވެތި ކަމަށްޓަކައި ޖެހިފައިވާ މިންވަރާއި މެދު ވިސްނާލަން އެބަޖެހެއެވެ.
މުސްލިމު އެތައް މުޖްތަމަޢުގެ ހަމަޖެހުމާއި ސިޔާދަތު ، ނައްތާލުމަށްޓަކައި މިވަބާގެ ބޭނުން ކުރަމުން ދިޔުމުގެ ރަސްމުލީގައި ތިއްބެވީ މުސްލިމުންގެ ހަތުރުންނެވެ. އެބައިމީހުން ވިސްނަމުންދާ ވިސްނުންތަކުގެ ތެރެއަށް މި ވަބާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ ނަތިޖާއަކީ މުސްލިމު ޢާއިލާތަކާއި ޢާއިލާތައް ޖެހި ފިިތުމާއި ހަމައިން ހުއްޓުނީކީ ނޫނެވެ. ދުނިޔޭގެ ސިޔާސަތު ތަންފީޒު ކޮށް މުސްލިމުންގެ ގޯތި ގެދޮރުން މުސްލިމުން ނެރެލުމުގައިި ވެސް މިވަބާ ވަނީ ކުރި ހޯދާފައެވެ. މުސްލިމުންގެ ހަށިތަކުގެ ތެރެގައި މިވަބާގެ ނައްތާލެވޭ ވައިިރަސް ބައިންދާފައި އެވަބާ ކުރި ހޯދުމުގެ ނަތީޖާއަކީ ޤައުމުތަކުގައި ހަމަނުޖެހުން އުފެދި ދައްޖާލުގެ ފިތުނަ އޭ ކިޔާ ހަމަ ލޮލަށް ނުފެންނަ މި ޖަރާސީމް ކުރި ހޯދަމުން ދިޔުމެވެ. ދައްޖާލުވެސް ވަނީ މިދުނިޔެއަށް ފާޅުކުރައްވާފައި ކަސްތޮޅު އެޅިފައި ކަމުގައިވިޔަސް އޭނާގެ ފިތުނަ ، ތަމީމުއްދާރީ އަށް އޭނާ ފެނުމުގެ ނަޞީބު ލިބުނު ހިނދުން ފެށިގެން ފެތުރިފައިވެއެވެ. އެއީ ތަޢުރާތުގައިވާ " ބަޢްދިސްމުހޫ އަޙްމަދް " ފާޅުވެއްޖެކަން ދައްޖާލަށް ޔަޤީން ވީ ހިސާބެވެ. އެއީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅުއްވި ހިސާބެވެ. ވިސްނާ ފިކުރު ކޮށްލާކަށް ނުވޭތޯއެވެ. ޤައުމުތައް ޔަހޫދީންނާއި ކުރިސްޓިއަނުންގެ މަޅީގައި ޖައްސަމުން ފުރައްސާރަ ގަދަ ވިއްސާރަ އަކަށް ވަމުން އަންނަ އައުމާއިމެދު ދިވެހި މުސްލިމު މުޖްތަމަޢު ވިސްނާލާކަށް ނުވޭތޯއެވެ. އަދި ނުނިމޭ
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












