ހަނދު ކޭތައެއް ހިފަނީ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަދީއްތަ ދުވަހުގެރޭ ހަނދު ކޭތަ ނަމާދުކުރުން އޮންނާނެކަން ކައުންސިލްތަކަށް އަންގަވައިފި

ސެޕްޓެމްބަރ 6, 2025 - 17:21
 0
ހަނދު ކޭތައެއް ހިފަނީ
ހަނދު ކޭތައެއް ހިފަނީ

07 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ރޭ ހަނދު ކޭތައްއެއް ހިފަނީއެވެ. މިކޭތަ ހިފަންފަށާނީ ރާއްޖޭގެ ގަޑިން އެރޭ 20:28 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފާ ހުންނާނީ އެރޭ 23:11 ގައިކަން އިސްލާމިކް އެފެއަރޒުގެ 142-b1/cir/2025/14 NAMQBAR  ގެ ނަމްބަރ އެންގެވުމުން ކައުންސިލުތަކަށް އަންގަވާފައިވެއެވެ. 

އަދި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން އެރޭގެ މެންދަމުން އަލިވެ ، 1:55 ގައި ކަމަށްވެސް އެމިނިސްޓްރީން އަންގަވާފައިވެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި 07 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ރޭ ،  ރޭގަޑު 23:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމް ކައުންސިލު އިދާރާއިން ހަމަޖައްސަވައި ދެއްވުން އެދޭ ކަމަށްވެސް އެވުޒާރާއިން އަންގަވާފައި ވެއެވެ. ކޭތަ ނަމާދުގެ ޚުޠުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ 07 ސެޕްޓެމްބަރ 2025 ވަނަ ދުވަހު އަޕްލޯޑް ކުރައްވާނޭކަމަށްވެސް އަންގަވާފައިވެއެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.