ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާޞަބާ

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާޞަބާ

ސެޕްޓެމްބަރ 4, 2025 - 06:24
 0
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާޞަބާ
މިއީ މައްކާ އަދި މަދީނާގެ ފޮޓޯ ގެލަރީ އިން ނަގާފައިވާ ފޮޓޯތަކެކެވެ. މިއާރޓިކަލުގައި ހިމަނާފައި އެވަނީ ޤަރުނެއްހާ ދުވަހުގެ ކުރިގެ ފޮޓޯ ތަކެކެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާޞަބާ
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާޞަބާ

ކީރިތި ރަސޫލުﷲޞައްލަﷲޢަލައިހި ޥަސައްލަމް ދުނިޔޭގެ އަލިކަން ދުށް މުނާޞަބާއަކީ އުފަންދުވަސް ފާހަކަ ކުރުމުގެ ނިޔަތުގައި މުސްލިމުން ކުރަމުން އައި ކަމެއްނޫނެވެ. އެއީ އިސްލާމީ ރިސާލާތުގެ ތާރީޚް ދިރާސާ ކުރައްވައި ބޭފުޅުން އެބޭފުޅުންގެ ފަތްފުށް ތަކުގައި ބަޔާންކޮށް  އިސްލާމީ ތާރީޚު ފަހުތިބީންނަށްފޯރު ކޮށްދިނުމުގެ އަގުބޮޑު މަޤްޞަދުގައި ކުރަމުންއަންނަ ކަމެކެވެ. އެގޮތުން އަޅުގަޑުވެސް ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމް ގެ ޙަޔާތް ފުޅަށް ނަޒަރު ހިންގާލާއިރު އެމާތް ނަބީކަލޭފާނު ދުނިޔޭގެ އަލިކަން ދުށް ހިސާބަށްވެސް ޥާޞިލު ނުވެ ، ކުރިންމިދެންނެވި މަޤްޞަދު ފުރިހަމަ އެއް ނުކުރެވޭނެ ދެއްތޯއެވެ. 
ރެއަކީ ރަބީޢުލް އައްވަލު މަހެއްގެ ބާރަ ވީ ހޯމަ ވިލޭރެއެވެ. ދުނިޔޭގެ ތައްމިތަނަށް އެތައްބަދަލުތަކެއް އައި ރެއެއް ކަމަށް މުއައްރިޚުން ވިދާޅުވާއިރު ، އަޅުގަދު ހައިރާނެއްނުވަމުއެވެ. ﷲ ތަޢާލާ އެކަލާނގެ މާތް ނަބިއްޔާ ގެ ކިބައިގައި ދުނިޔެއަށް އެތައްމުޢުޖިޒާއެއް ލައްވައި އެންމެ ހާ ޚަލްޤް ތަކުންގެ މައްޗަށް މާތް ކުރައްވާފައިވަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. އެކަލޭގެފާނުގެ ހިތްޕުޅު ސާފުކުރެއްވުން ، އެހިތަށް ދުނިޔޭގައި ދިމާވެދާނެ ކަންކަމަށް އެހިތްޕުޅު ތައްޔާރު ކުރެއްވުން މިއީ އެހެންއިންސާނަކަށް ﷲ ދެއްވި ކަންތައްތައް ތޯއެވެ. 
އެހެންކަމުން އެއީ ޚާއްޞަ ބޭފުޅަކަށް ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އަދި އާޚިރަތް ދުވަހުން ޝަފާޢަތްތެރިވެވޭނީ އަދި ﷲ ގެ ޙަޟްރަތުގައި ލުޔެއްދެއްވާތޯ ދެންނެވޭނީވެސް އެކަލާނގެ ޙަބީބް ކަމުގައި ލެއްވި އަހަރެމެންގެ ކައު ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްމައަށެވެ. އެހެންކަމުން އެކަލޭގެފާނުގެ މާތް ޒިކުރާ އާކޮށް ޞަލަޥާތް ލެއްވުން އެދި ގިނަގިނައިން ދުޢަ ދެންނެވުމުގައި ވަގުތު ހޭދަކުރަން ދަރިންނަށް ދަސްކޮށްދީ އާދަ ކުރުވަން ވެސް އެބަޖެހެއެވެ. 
އަޅުގަޑު އެދެނީ އިސްލާމީ އުއްމަތުގެ ފަރުދުންނަކީ އުޚުޥަތްތެރި ބައެއްކަމުގައި ވުމެވެ. އަދި ފަލަސްޠީން ގެ ލޮބުވެތި ރައްޔަތުންނަށް ކެތްތެރިކަން ދެއްވުމެވެ. އަދި މުސްލިމުންގެ ފަތިސްނަމާދު ގެ ޖަމާޢަތް ހުކުރު ނަމާދުގެ ޖަމާޢަތަށް ވުރެ ބޮޑުވުމެވެ. މިއީ އިސްލާމީ އުއްމަތް ކާމިޔާބުގެ މަގަށް ދެވޭނެ ކަމުގެ އަލިގަދަ ހެއްކެވެ. ނަމަވެސް މި ހެކި ޘާބިތު ކުރުމަށް އެދޭނެނަމައެވެ. ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެމުން މިއަދު ގެ ދެން ހުރި ކަންކަމަށް ﷲ ގެ ހަޟްރަތުން ވާގި އެދޭ ޙާލު މިހިނދަށް ގަލަން ބާއްވާލަމެވެ.   

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.