މުސްލިމުންގެ ދުސްމަނުން އަބަދުވެސް ތިބޭނީ ދަނޑިވަޅަށް ބަލާށެވެ.

އޮގަސްޓް 13, 2025 - 14:56
އޮގަސްޓް 15, 2025 - 14:32
 0
މުސްލިމުންގެ ދުސްމަނުން އަބަދުވެސް ތިބޭނީ ދަނޑިވަޅަށް ބަލާށެވެ.

ދުނިޔޭގައި އެކުވެރި ދައުލަތްތަކޭ ކިޔާ ޖަމުޢިއްޔާއެއް ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފައްދާފައި އެވަނީ ދުނިޔެ ސުލުޙަ ކުރާށޭ ބުނެވޭނެ އެއްވެސް ޖާގައެއް އަޅުގަޑުހިތުން ނެތެވެ. އެކަމުގެ ބޭނުމަކީ ޔަހޫދީންނާއި ކުރިސްޓިއަނުން އެއްގަލަކަށް އަރާ މުސްލިމުން ސުންނާފަތި ކުރުމެވެ. ދުނިޔޭގެ ވެރިކަމުގައި އެބަޔަކަށް ތިބެވޭނެހާ ގޮތްތައް ރާވައި ދުނިޔޭގެ ބާރެއް ކަމަށް މުސްލިމު ދައުލަތެއް އަޔަ ނުދިނުމެވެ.

އެހީތެރިކަމާއި އެއްބާރު ލުމުގެ ފަރުދާ ދައްމަވައިގެން މުސްލިމު ޒުވާނުންގެ ސިކުޑިތަކަށް އިބްލީސްފާވާހެން ފާވަމުން ދަނީ ހެޔޮއެދޭ ފަރާތެއްގެ ދަޅަ ، ސިޔާސީ ގޮތުން އިންތިހާއަށް ދައްކައިގެންނެވެ. އަސްކަރީ ހަގުރާމަ ތަކުގައި ލިބިފައިހުރި ނާކާބީތަކަށް ވިސްނާ އެމީހުން ފިކުރީ ހަގުރާމަކުރަމުން ޢަސްކަރީ ގޮތުން މުސްލިމުންނަށްވުރެ މިއަދު އެވަނީ ބާރު ގަދަވެފައެވެ. ޔޫއެން އުފެދުމަށްފަހު އެންމެ ބާރު ގަދަ ޤައުމުތަކުން މުސްލިމު ޤައުމުތައް އިސްތިޢުމާރު ކުރަން ފެށިއެވެ. އެގޮތުން ދިވެހި ރާއްޖެވެސް މިކަމުގައި އަޅުވެތި ވެފައިވާކަން ތާރީޚު ހެކިދެއެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. ވެރިކަމުގެ މައްސަލަތަކެވެ. ކޮންމެ މީހަކުވެސް ބޭނުން ވަނީ ޤައުމުގެ އެންމެ އިސްމަޤާމެވެ. މިހެން މިކަން ވުމުގެ ސަބަބުން މުސްލިމުންގެ ދުސްމަނުން ދަނޑިވަޅުތަކުގެ ބޭނުން ތަފާތު ގޮތްގޮތަށް ޙާޞިލު ކޮށްފައިވާކަން އެގެއެވެ.

އަޅުގަދުމެންގެ ވެރިކަމުގެ ބާރާއި ޚިޔާލު ފާޅު ކުރުމުގެ ބާރާއި ޤައުމުގެ އަމަން ބެލެހެއްޓުމުގެ ބާރަކީ ވަކިވަކި ބާރު ތަކަކަށް ވެގެންނޫނީ މިޤައުމުގައި ހުރި ސިޔާސީ ތަފާތު މައްސަލަތަކަށް އަވަސް ޙައްލެއް ނާންނާނެއެވެ. ޤައުމުގެ އަމަން ބެލެހެއްޓުމުގެ ބާރަކީ ރައްޔިތުންނާއި ވެރިންގެ ކަންކަމުގައި ހަމަ ހަމަ އުޞޫލެއް ގެންގުޅޭ ބަޔަކަށް ހެދެންވާނެއެވެ. މިސާލަކަށް ވެރިމީހާގެ ކުށްތަކެއް ހުރެއްޖެކަން ސާބިތުވެއްޖެނަމަ ، ވެރިކަމުން ޢަޒުލު ކުރުމުގެ ބާރު ، ނޫނީ ވެރިކަން ބޭނުންވެގެން އުޅޭފަރާތުގެ ޢަމަލުތައް ނުކިއްސަރުވެގެން ޤައުމުގައި ހަމަނުޖެހުން އުފެދޭނަމަ ، އެފަދަ ފަރާތްތަކަށްސީދާ ގޮތުން ވީހާ އަވަހަކަށް ފިޔަވަޅުއެޅިގެން ދާނެ ފަދަ ވެރިމީހާއަށްވެސް ރައްޔަތު މީހާއަށްވެސް އެކަލުންގެ މައްޗަށް އަތްގަދަ ނުކުރެވެފަދަ ޤާނޫނެއް އެކަށައަޅާ އެއަށް ޢަމަލު ކުރަން އެބަޖެހެއެވެ.
އެހެންނޫނީ މިޤައުމުން ފެންނާނީ ކަރެޕްޝަންތަކާއި ނުވަނަ ޙަސަން ރަސްގެފާނުފަދަ ބަޚީލުންނެވެ. ރައްޔަތުންނަށް ހެޔޮވެރިކަމެއް ޤާއިމުކޮށްދޭން ބޭނުންނަމަ ރައްޔަތުންނަށް އެއްވެސް ތައްފާޚެއް ނުޖައްސާ އެކަން ކޮށްދެވޭނެ ލީޑަރަކު އެބަ ހުރިނަމަ މިދިވެހި ތަޚުތުގައި އިށިއިނުމަށްވެސް ޤާނޫނެއް ހަދަން އެބަޖެހޭ ތޯއްޗެކެވެ.
ރައްޔިތުން މުޒާހިރާއަށް ނުނުކުށްދަވާ ނިޒާމަކުން ރައްޔަތުންގެ ޖީބަށް ފައިސާ ވަންނަ ނިޒާމަކުން ވެރިކަން ކުރުމުގެ ޤާބިލުކަން ހުރިނަމަ ދިވެހިރައްޔަތުންގެ މަޖުލިހަށް ޙާޟިރުވެ އެކަމާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. އޭރުން ހުރިހާ ކަމެއްވެސް ދާނީ ރަގަޅަށް ތޯއްޗެކެވެ. އޭރުން ބަނީ އިސްރާއީލު ބާގައިގެ މީހުންނަށްވުރެ ދިވެހިންގެ ބޮޑާކަން ތޮށި ލާނެ ތާއެވެ.
އަޅުގަޑު އެދެނީ ދިވެހިންނަކީ ކޮންމެކަމެއްގައިވެސް މުސްލިމުންގެ ވިސްނުން ކުރިއަށް ނެރޭ ބަޔަކަށްވުމެވެ. މުސްލިމުންގެ ދުސްމަނުންގެ ވަކިތަކަށް ސިހުންނުވާ ބަޔަކަށް ވުމެވެ. އެފަދަ ފުރުސަތުތައް ހަނިވާނެ ފަދަ ވެރިކަމެއް ކޮށްދޭ ބަޔަކަށް ވުމެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.