ތަޖްޥީދު ޢިލްމީ ސުވާލުތަކަށް އަހްލުވެރިވަމާތޯ

މިއީ ތަޖްޥިދު ޢިލްމަށް ދަރިވަރުން އަހްލުވެރި ކުރުމަށް މަލައިން ހިންގާ ޕްރޮގުރާމެެެެކެވެ.

ސެޕްޓެމްބަރ 2, 2025 - 06:41
ސެޕްޓެމްބަރ 4, 2025 - 16:55
 0

1. 1- މަޚްރަޖު ބެހުނު ދެ ބަޔަކީ ކޮބާ؟

ތަސްވީރުން ތިޔަ ލޮބުވެތި ދަރިވަރުންނަށް ތިޔަ ފެންނަނީ އަކުރުތަކުގެ މަޚްރަޖްތަކެވެ. ކީރިތި ޤުރްއާން ކިޔަވާވިދާޅުވަމުން ދާއިރު ، އެންމެ ބޮޑަށް ސަމާލު ވާންވީ އެއަކުރަކަށް ލިބިފައިވާ ސިފަތައް އަދާކުރުމާއިއެކު އެއަކުރެއްގެ މަޚްރަޖައިން އެއަކުރެއް އަދާކުރުމަށެވެ. މިކަމަކީ ޤުރްއާން ކިޔެވުމުގައި ކިޔަވާ މީހާ އަށް ﷲ ގެ ޙަޟްރަތުން ޘަޥާބާއި ދަރުމައިގެ އިތުރުން މީސްތަކުންގެ ލޯބިވެސް ލިބޭނެ ކަމެއްކަމުގައި ދަންނަވަމެވެ. ވީމާ ، މިކަމަށް ހުރިހާ ކުދިންވެސް ސަމާލުކަން ދިނުމުގައި ފަރުވާ ކުޑަ ނުކުރައްވޭތޯ ވަރަށް މަސައްކަތް ކުރަންވާނެއެވެ. 

1- މަޚްރަޖު ބެހުނު ދެ ބަޔަކީ ކޮބާ؟
ޚާއްޞަ މަޚްރަޖް އާއި ޢާއްމު މަޚްރަޖް
ދަތްތަކުގެ މަޚްރަޖް އާއި ހިތުގަޑުގެ މަޚްރަޖް
ކަރުގެ މަޚްރަޖް އާއި ދުލުގެ މަޚްރަޖް

2. ޢާއްމު މަޚްރަޖް ތަކުގެ ޢަދަދަކީ ކޮބާ؟

ޢާއްމު މަޚްރަޖް ތަކުގެ ޢަދަދަކީ ކޮބާ؟
10 މަޚްރަޖް
18 މަޚްރަޖް
5 މަޚްރަޖް

3. ތަޖްޥީދު ޢިލްމުވެރިން މަޚްރަޖްތައް ތަރުތީބް ކުރެއްވުމުގައި ބެއްލެވީ ކޮންކަމަކަށްތަ؟

ތަޖްޥީދު ޢިލްމުގެ އުސްތާޛުން އެޢިލްމު ފެތުރުއްވުމުގައި މިދެންނެވިސުވާލުގެ  ޖަޥާބަށް ވަރަށްބޮޑަށް އެބޭކަލުންގެ އަމިއްލަ ނަފްސްތައް މިކަން ކަމަށް އަހްލުވެރި ކުރައްވާފައިވާކަން އެބޭފުޅުންގެ މަސައްކަތްތަކުން މިމަލަ އަށް ހާމަވެފައިވެއެވެ. އެހެންކަމުން ލޮބުވެތި ދަރިވަރުންވެސް މަޚްރަޖް ތައް ތަރުތީބު ވެގެން އައިސްވާ ގޮތަށް ވިސްނާލަން އެބަޖެހެއެވެ. އޭރުން ތިކުދިންގެ ކިޔެވުން ކުރިއަށް ގެންދާ ވަގުތު ތަކުގައިވެސް މިކަން ކަން އެގިފައި އޮތުމުން ލިބޭން ޖެހޭ ޙަޤީޤީ މަންފާ ތިކުދިންނަށް ކުރާނެއެވެ. މިމަލައިގެ މިކޮލަމް ފުރިހަމަ ކުރުމުގައި ޤުރްއާން މުދައްރިސުންގެ އެހީތެރިކަން އަޅުގަޑަށް ލިބޭތީ ތިޔަ ލޮބުވެތި ދަރިވަރުންގެ ނަމުގަ އާއި މަލައިގެ ނަމުގައި އެބޭކަލުންނަށް ސުކުރު ދަންނަވަމެވެ.

ތަޖްޥީދު ޢިލްމުވެރިން މަޚްރަޖްތައް ތަރުތީބް ކުރެއްވުމުގައި ބެއްލެވީ ކޮންކަމަކަށްތަ؟
އަލިފްބާގެ އަކުރުތަކުގެ ތަރުތީބަށެވެ.
އަކުރު އުފެދުމުގެއަޞްލަށެވެ.
ފުއްޕާމެއާއި އެންމެ ދުރުން އަދާ ކުރާ މަޚްރަޖް އަކީ ފުރަތަމަ މަޚްރަޖް ކަމުގައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.