އަޚްލާްްޤް

އަޚްލާޤް

އޮގަސްޓް 20, 2016 - 06:43
އޮގަސްޓް 20, 2025 - 14:43
 0
އަޚްލާްްޤް
މިއީ ތުޅާދޫ ބަނދަރާއި ދާދި ހިސާބެއްގައިވާ މިސްކިތެކެވެ.

އަޚްލާޤް

          އަޚްލާޤަކީ މީހެއްގެ ގޯސްކަން ނުވަތަ ރަނގަޅުކަން އަންގައިދޭ އާދަތަކާއި އުސޫލުތަކެކެވެ. ހަރުލާފައި ހުންނަ ސިފަތަކެވެ. އުޅޭ ގޮތްތަކެވެ. މިޒާޖެވެ. ޠަބީޢަތެވެ. އެހެން ކަމުން މި ރީތި ސިފަ އާލާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަމައެއާއި އެކު މި ރީތި ސިފަ އާލާ ކުރުމަށްޓަކައި ރިވެތި މިސާލުވެސް ދައްކަން ޖެހެއެވެ. 
            
         އެހެންކަމުން ރިވެތި އަޚްލާޤެއް އާލާކުރުމަށްޓަކައި ދަރިންތަރުބިއްޔަތު ކުރުމަށް މައިން ބަފައިން ގެންގުޅޭ އުޞޫލު ވަރަށް މުހިއްމެވެ. ހަމައެފަދައިން މަދަރުސާގެ މާޙައުލާއި ، އިންސާނާ ބޮޑުވަމުންދާ މާޙައުލުވެސް ވަރަށް މުހިއްމެވެ. މުޅި މުޖުތަމަޢުގައިވާ އެންމެހާ ފަރުދުންވެސް މުހިއްމެވެ. މިއެންމެހައި ފަރާތްތަކުން ރިވެތި މިސާލު ދައްކަން ޖެހެއެވެ. ރިވެތި ނަމޫނާ ދައްކަން ޖެހެއެވެ. ހެޔޮ ނުބައިގޮތް ވިސްނައިދޭން ޖެހެއެވެ. އޮޅުން ފިލުވައިދޭން ޖެހެއެވެ. 
        ހެޔޮ ނަސޭހަތުގެ އުނގުގެ ތެރެއިން ރަނގަޅު ތަޢުލީމީ ވެށްޓަކުން، ހަރުދަނާ އަޚުލާޤެއްގެ ބިންގަލުގެ މަތީގައި ތަރުބިއްޔަތުވެ ބޮޑުވާ މީހާގެ ޚުލްޤު ހެޔޮވާނެއެވެ. މީހުންގެ މޫނު މައްޗަކު ޒުވާބެއް ނުކުރާނެއެވެ. މަދަރުސާގައި ވިޔަސް އަދި އޮފީހުގައި ވިޔަސް ، ތިމާއަށްވުރެ ދޮށީ މީހުންނަށާއި ވެރިންނަށް އިޙްތިރާމް ކުރާނެއެވެ. ޚުލްޤު ހެޔޮ މީހުންގެ ރައްޓެހިން ގިނަވާނެއެވެ. ޢަދާވާތްތެރިން މަދުވާނެއެވެ.  އެމީހުންނަށް ދިމާވާ އުނދަގޫތަކުން ސަލާމަތްވެވޭނޭ ފަސޭހަ ގޮތްތައް ފެންނާނެއެވެ. ހަރުކަށި ހިތްތައް އެފަދަ މީހުންނަށްޓަކައި މަޑުވާނެއެވެ. 
      ނަމަވެސް ، މިއަދު މި މުޖުތަމައިން އަޑުއިވޭ އެއްވަހަކައަކީ ކިޔަވާ ކުދިންގެ އަޚްލާގް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ވާހަކައެވެ. މި ވާހަކައަކީ، މިކަމާމެދު ވިސްނާ ފިކުރު ހިންގާ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ކިޔަވާކުދިންގެ އަޚްލާގީ މިންގަޑެއް ހިފަހައްޓަން ޖެހެނީ ވަކި ފެންވަރެއްގެ ނުވަތަ ވަކިކަހަލަ ސްކޫލް ތަކަކު ނޫނެވެ. ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި އަމިއްލަ ސްކޫލްތަކުގައި އުޅޭ ކުދިންގެވެސް އަޚުލާގީ މިންގަޑު އޮންނަންޖެހޭނީ އެއްގޮތެއްގައި އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. އަދި ސްކޫލްގެ އެތެރޭގައާއި ސްކޫލުން ބޭރުގައި އުޅޭއުޅުމުގައި ވެސް މިދެންނެވި އަޚްލާގީ ރިވެތި ސިފަތައް ކުދިންގެ ގައިގާ ހުންނަން ޖެހޭނެއެވެ. 
      ތެދެކެވެ. އިންސާނާގެ މުޅި ޙަޔާތުގެ އޮނިގަނޑު ހިފެހެއްޓިފައި ހުންނަންވާނީ ، ހަރުދަނާގޮތްހުރި ތަރުބިއްޔަތެއްގެ ތަނބުތަކެއްގެ މަތީގައެވެ. ވާޖިބަކަށް ހަދަންވާނީ މައިންބަފައިންގެ ބަސްއެހުމެވެ. ޢުމުރުން ދޮށީ މީހުންނަށް ޤަދަރުކުރުމެވެ. މުސްކުޅިންނަށް އިޙްތިރާމް ކުރުމެވެ. ކިޔެވުމުގެ ބޭނުމެއް ހިފޭނީ އޭރުންނެވެ. ތަރުބަވީގޮތުން ފެއިލް ވެފައިވާކަމަށްވާނަމަ ، އެ އިންސާނާގެ މުޖުތަމަޢު އެ އިންސާނާ ބަލައެއް ނުގަންނާނެއެވެ. އެ އިންސާނާއަކަށް ދުވަހަކުވެސް ހަރުދަނާ ދިރިއުޅުމެއް ނޫޅެވޭނެއެވެ. ޔަޤީނެވެ. ރިވެތި އަޚްލާޤް އާލާކުރެވޭނީ ރިވެތި މިސާލުންނެވެ. 

  

     ވ

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.