ޘާނަވީ އިމްތިޙާނަށް ފަހި މަގެއް _ އިސްލާމް

ސެޕްޓެމްބަރ 30, 2025 - 08:52
 0

1. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމުގެ ހިޖުރައިގެ ދަތުރުގައި އާރުކާޓީ އަކަށް ގެންދެވީ :

ކީރިތިރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމުގެ ހިޖުރައިގެ ޙާދީޘާ އަކީ މުޅި އިސްލާމީ އުއްމަތަށް އަސަރުން ފުރިގެންވި ޙާދިސާއެކެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ތިމާގެ ފުޅު މީހުންގެތެރެގައި ހިމެނޭ މީހުން އެކަލޭގެފާނު ދުނިޔެއައިން ވަކިކޮށްލުމަށް ނިންމަވައިގެން ތިއްބެވިރޭ އެކަލޭގެފާނު މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށް ނުކުމެ ވަދއިގަތީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެގާތް މިތުރު އަދި ޞިއްދީޤުލް އަކްބަރު އަބީބަކުރު ބިން ޤުޙާފާ ރަޟިޔަﷲޢަންހް ވެސް ނިކުމެވަޑައިގަތެވެ. އަދި މާތް ރަސޫލާގެ ދާންމަތިކޮޅުގައި އެއްވެސް ޖެހިލުމެއްނެތި އަވަހާރަފުޅުލެއްވީ ޒުވާޏް ޢަލިއްޔު ބިން އަބީޠާލިބު ރަޟިޔަﷲޢަންހުއެވެ. މާތްﷲ އެބޭކަެއްގެ މޫނުފުޅު އަލިކޮށްދެއްވި ޢަލީ ކައްރަމަﷲ ވަޖްހަހޫ އެވެ. އެބޭކަލުން ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނުގެ އަސްމާ އެބޭކަލުންނަށް ފަރިއްކޮޅު އަރުވައެވެ. އަދި މުޝްރިކުންގެ ޚަބަރުތައް ގެނަސްދެއްވިއެވެ. ދަތުރަށް ނިކުމެވަޑައިގަތީ އާރުކާޓީއަކާއިއެކުގައެވެ. މިމަޥްޟޫޢުގެ މިއަދުގެ ސުވާލުގައި އެކަލޭގެފާނުގެ ނަންފުޅުވާޏެއެވެ. 

ޢަބްދުﷲ ބިން ޢުމަރު
ޢަބްދުﷲ ބިން އުރައިޤަތު
އަބޫބަކުއްޞއްދީޤް

2. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމް މަދީނާއަށް ހިޖުރަ ކުރެއްވި އިރު މަޑުކުރެއްވީ:

ކީރިތި ރަސޫލުﷲޞައްލަﷲޢަލައިހި ޥަސައްލަމް މަދީނާއަށް ހިޖުރައަށް ވަދައިގަތުމަށްފަހު ، އެކަލޭގެފާނު މަޑުކުރައްވާނީ ކާޚުގެ އަރިހުގައިކަމެއް އެއްވެސް ބޭކަލަކަށް އެގިވަޑައިގަންފައި ނެތުމުން ވަރަށް ގިނަމީހުން އެކަމަށް އެދިއެދި ތިއްބެވި ކަން އިސްލާމީތާރީކުންއެގެން އެބައޮތެވެ.  އެހެންނަމަވެސް އެކަލޭގެފާނު މަޑުކުރެއްވީ އަމިއްލަފުޅު ގޭގައޭ މިދަންނަވާ ދެންނެވުން ކުށަކަށްވާނަމަ ، ވަރަށްބޮޑަށް މާފު ކުރައްވާށެވެ. ސަލާމުލެއްވި މޫސާ ޢަލައިހިއްސަލާމުގެ ޞަޙާބީން ކުރެ ބޭފުޅަކު މިއުއްމަތުގެ ރަސޫލާ ދެނެވަޑައިގަންނަވައެވެ. އެއީ ތަޢްރާތުގައިވާ " މިން ބަޢްދު އިސްމުހޫ އަޙުމަދް " މިލަފުޡުންނެވެ. އެބޭކަލަކު ހިޖުރައަށް ވަޑައިގަންނަވާނީ މިތަނަށް އެބަހީ މަދިނާ އަށް ކަން އެބޭކަލަކަށް އެގިލައްވައެވެ. އެބޭކަލަކު މަދީނާއިން ބިމެއްބައްލަވައިގަތީ ކީރިތިރަސޫލުﷲގެފާނު ހުންނެވުމުގެ އެދުންފުޅުގައެވެ. އެއީ ކީރިތި ރަސޫލު ހިޖުރައިިގެ 1000 އަހަރު ކުރިއެވެ. 

އަބޫއައްޔޫބުލްއަންޞާރީގެ ގެކޮޅުގައެވެ.
އިތުބާން ބިން މާލިކް އަލްއަންޞާރީގެ ގެ ކޮޅުގައެވެ.
ސަޢުދުބިން އައްރަބީޢުގެ ގެ ކޮޅުގައެވެ.

3. ބަދުރު ހަގުރާމައިގައި ބައިވެރިވި ކަމަށް ލެއްވި މުސްލިމުންގެ ޢަދަދަކީ :

ޣަޒުވަތު ބަދުރަކީ މުސްލިމުންނާއި ކާފަރުންނާއި ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. މިހަގުރާމައިގައި މުސްލިމުންގެ ޢަދަދު މަދުވުމުގެ ސަބަބުން ޞަޙާބީންވެސް ދެރަވެ ފިކުރު ބޮޑުވިއެވެ. އެހެންނަމަވެސް ސުވަރުގެ ވަންތަވެރިން ޖެހިލުމެއްނުވާނެދެއްތޯއެވެ. މުޝްރިކުންގެ ލަސްކަރަށް އެތައް އެތައް މަނާޒިރެއް ﷲ ދެއްކެވިއެވެ. އަދި މިއުއްމަތުގެ ފިރްޢައުނު ޤަތުލުވިއެވެ. އޭނާ ބަލިވެގެން ޒަޚަމުތަކަށް ކެތްނުވެގެން ވެއްޓިފައި އޮތެވެ. ހަނގުރާމަ ނިމުމުން މިއުއްމަތުގެ ފިރްޢައުނު މިމައިދާނުގައި ވާކަން މާތްރަސޫލާ އިޢްލާން ކުރެއްވިއެވެ. އަދި އޭނާ ގެނަސްދިނުމަށް އެދުނެވެ. އޭނާ ހޯދަމުން ގޮސް މުސްލިމު ޒުވާކަށް އޭނާ ފެނި މެއި މައްޗަށް އަރާ އޭނާގެ ކޮށިކަނޑިން އަބޫޖަހުލުގެ ކަރުގައި ޖެހިއެވެ. ނަމަވެސް އެއްގޮތެއްވެސް ނުވިއެވެ. އެހިނދު އަބޫޖަހްލު ބުންނެވެ. " އަހަރެންގެ ކަނޑި އޮނަގަޑުގައި އޮންނާނެއެވެ. އެކަނޑިން މިބޯކަޑައިގެން މލޮންސިއަކަށް ޖަހައިގެން މުޙައްމަދު ކައިރިއަށް ގެންދާށެވެ. އޭރުންއޭނާއަށް މަ ފެނުމުން ބިރުގަންނާނެއެވެ. " 

400
313
1000

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.