ޒުވާނުންކޮޅެއް ލަވަޖަހާތީ ތަޅުއަޅުވާފައި

ޒުވާނުންކޮޅެއް ލަވަޖަހާތީ ތަޅުއަޅުވާފައި

އޮގަސްޓް 20, 2015 - 10:54
އޮގަސްޓް 20, 2025 - 18:34
 0
ޒުވާނުންކޮޅެއް ލަވަޖަހާތީ ތަޅުއަޅުވާފައި
ތުލާދޫ ގެ މިހާރު މީހުން ދިރި އުޅެމުންދާ ހައުސިންގ ޔުނިޓް ތައް ހިމެނޭ ސަރަޙައްދު
ޒުވާނުންކޮޅެއް ލަވަޖަހާތީ ތަޅުއަޅުވާފައި


ތުޅާދޫއަކީ ސިޔާސީގޮތުން ވާދަވެރިކަމެއް އޮންނަ ރަށެއްކަން ތުޅާދޫ މަލަ ވިދާލުވާ ބޭފުޅުންނަށް އެގިލައްވާނެއެވެ. މާދަމާރޭ ފެށެ 2013 ވަނައަހަރަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ކެމްޕޭނުކުރާ އަދި ދިވެހިރައްޔިތުން ވެރިއަކު ހޮވުމަށް ވޯޓުލުމަށް ހަމަޖެހިފާވާ ސިޔާސީ އެންމެބޮޑު ޢީދު އޮންނަ އަހަރުވެސް މެއެވެ. 
ތުޅާދޫގެ ޒުވާނުންކޮޅެއް ބަދަރުސަރަޙައްދުގައި ހަދާފައިވާާ ހަޓްގައި ލަވަޖާތާ މިހާރު ދެދުވަހެއްވަރު ވެދާނެއެވެ. މިއަދު ތުޅާާދޫ މަލައަށް މަޢްލޫމާތު ލިބުނުގޮތުގައި އެކުދިން ލަވަޖަހާތީވެ ، އެތަނުގެ ކަރަންޓް ބިލް ދައްކަމުންދާ ފަރާތުން ވަނީ ކަރަންޓް ނެގުމަށް ބަހައްޓާފައިވާ ބޯޑުގައި ތަޅުއަޅުވާފައެވެ. އެކުދިން ހާމަކުރާާގޮތުގައި އެބޯޑުގައި ތަޅުއެޅުވީ އެކުދިން ލަވަޖަހާތީއެވެ. އެތަނުގެ ކަރަންޓްވަނީ ގޭގޭގައި ކަރަންޓްލާ އުޞޫލުން ފަރުދަކާ އެކު ވެވިފައިވާ އެގްރިމަންޓެއްގެ ދަށުން ކަރަންޓް ލާފަކަމަށް މަޢްލޫމާތުލިބެއެވެ. އެއީ މިރަށު ޖަވާހިރުމާގޭ މޫސާޙުސައިން ޒިންމާވާގޮތަށް ލާފައިވާ ކަރަންޓެކެވެ. އެތަނުގެ ކަރަންޓްބިލއި މޫސާ ޙުސައިންގެ ފަރާތުން ޙަވާލު ވެފައިވަނީ މިރަށު އާޒާދު އަބޫބަކުރު ޙުސައިންކަމަށް މަޢްލޫމާތު ލިބުމުން އެކަމާއި ބެހޭގޮތުން މަޢްލޫމާތު ސާާފުކޮށްލުމުން އޭނާބުނީ ކުޅިކުޅިވަރަށް ލަވަޖެހުމަކީ މަސްލަޙަތު ހުރި ކަމަކަށްނުވާތީއާއި ކައިރިގައި ޞިއްޙީމަރުކަޒު ހުރުމުން އެކަންކުރަން ކަރަންޓް ދެވެންނޯންނާނެ ކަމަށެވެ. 
" އެހެންނަމަވެސް ޟަރރީ ބޭނުންތައްކުރުމަށް ކަރަންޓް ދީހަދަން  މިސާލަކަށް ދޯނިފަހަރުގެ އެކިއެކި މަސައްކަތްތައްކުރުމަށް ކަރަންޓް ދީފާ ހުންނނެ .... އެގޮތުން އެތަނުން ކަރަންޓް ނެގެންހުންނާތީ ވަރަށް ގިނަބަޔަކަށް ފަސޭހަވާނޭކަމަށްވޭ .... އެކުދިންކައިރީ ވަރަށްރީތިކޮށްބުނިން ތިހެންނުހަދާށޭ .... ލަވަޖަހާ ސަކަރާތް ޖަހާކަށް ކަރަންޓެއްނުދެވޭނެ ..... އެއްވެސްބަޔަކަށް ..... އެހެނެއްނޫން ޢީދު ކަހަލަ ކަންކަމުގައި ލަވަޖަހަންނުދޭނެ ވާހަކައެއްނޫން މިބުނަނީކީ .... މަށަށް މޫސަ އ ގުޅުނުހާ އަވަހަކަށް މިކަމަށް ގޮތެއްނިންމާނަން ... އެނަ ކަރަންޓް ދޫކުރާށޭ ބުނެފިނަމަ އަހަރެން މިހުރީ ދުކުރާހގޮތަށް ..... " އަބޫބަކުރު އޭނާ ކަންތައް ކުރނެގޮތް ކިޔާދިނެވެ. 
ކުޑައިރުކޮޅަކުން މޫސައާއި އަބޫބަކުރަށް ފޯނުންގުޅޭގޮތް ދިމާވުމުން މޫސަގެ ސްޢޫރު މަލަ އާއި ޙިއްޞާކޮށްލިއެވެ. މޫސަވެސް ބުނގޮތުން އެކަހަލަ މަސްލަޙަތު ގެއްލޭފަދަ ކަންކަން ކުރުމަކަށް ކަރަންޓެއް އެއްވެސް ބަޔަކަށް ނުދެވޭނެއެވެ. ކޮންމެއަކަސް ޒުވާނުންގެ ފަރާތުން އެގުނުގޮތުގައި އެންމެފަހުން ރައީސް ނަޝީދު ތުޅާދުއަށް ކުރެއްވި ޒިޔާރަތުގެ ދުވަސްވަރު އެތަނުގެ ކަރަންޓް މިފަދަ ލަވަތައް ޖެހުމަށް ވަނީ ދޫކޮށްފައެވެ. 
ތުޅާދު މަލައިން މިކަންކަން ސިފަކުރެވެނީ މިއީ ހަމަ 2013 ގެ ކެމްޕޭނުގެ ކުލަވަރުގެ ގޮތުގައެވެ. މިހާރު ބައެއްނޫސްތަކުގެ ޚިޔލު ހޮދުމުގެ ވޯޓުތަކުން އެގެނީ ރާއްޖޭގެ ރައްޔަތުން ސަޕޯރޓުކުރާ ދެލީޑަރުންނަކީ ނަޝީދު އާއި މައުމޫނުކަމެވެ. 

  

     

  

     

  

     

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.