ޒަޚަމަކުން ހިތާ މެއި ...

އޮގަސްޓް 14, 2025 - 13:37
އޮގަސްޓް 14, 2025 - 22:07
 0
ޒަޚަމަކުން ހިތާ މެއި ...

              ޝަރަފުއްދީން ޒިޔާދު ޢިޝާ ނަމާދު ކުރެއްވުމަށްފަހު ފެންޑާމަތީ ހުރި އުދޯލީގައި އިޝީންދެ އިންނަވާތާ މިހާރު ކުޑަ އިރުކޮޅެއްވެއްޖެއެވެ. އޭނާ އެއިންނެވީ ޚާތިމްގެ އިންތިޒާރުގައެވެ. ކުޑައިރުކޮޅެއްފަހުން ޚާތިމް ހަވޭލިއަށް އައިކަން އެނގުނެވެ. އެއީ ފެންޑާ މައްޗަށް އެރީމައެވެ.
"ދަރިފުޅާ! ކޮންތާކުން ތިއައީ.. ހާދަލަސްވެއްޖޭ މިރޭ..
"ރައްޓެހި ކުދިންތަކަކާއެކު މަޖާކޮށްލާފައި މިއައީ" "ހިނގާ.. ކާން.. ދަރިފުޅު އައީމަ ކާންވެގެން ބައްޕަ މިއިނީ.. މިރޭ ތަންކޮޅެއް އަވަހަށް އޮފީހަށް ދާންވެފައިވެސް އެބައޮތް.. ބޭބެ ގޮވައިގެން އަންނަންވީނުން"
       ޚާތިމް އާސިމްބެ ހޯދަން ހިނގާގަތެވެ. އާޞިމްގެ ކޮޓަރީގައި އޭނާއެބައުޅެއެވެ. ޚާތިމް ދޮރުގައި ޓަކިޖަހާލުމާއެކު އާޞިމް ދޮރުހުޅުވާލިއެވެ.
"އަނހާ..! ކޮއްކޯ! ހިނގާދަމާކާން.. މައްސަލަ ހާދަގޯހޭ..! "އާނ! ބޭބޭ! ކޮންމެ ގޮތެއްވިޔަސް އަހަންނަކަށް ރާނިޔާއެއް ދުލެއްނުކުރެވޭނެ!އަހަރެން އެއަށްވުރެއް ބޮޑަށް އޭނަދެކެ ލޯބިވޭ! ބޭބޭ!"
"އަހަރެންނަށްވެސް އެނގޭ..! ބައްޕަ ހާދަރުޅިއެކޭ އެދުރުވަނީ.. ދުވަހެއްގައިވެސް އަހަރެން ނުދެކެން ބައްޕަ އެހާވަރަށް ރުޅިދުރުވެފާ ހުއްޓާ! އެހެނަސް ބުނަން!!! ކޮއްކޮގެ ދިފާޢްގައި އަހަންނަކަށް މާބޮޑުކަމެއް ނުކުރެވޭނެ.." "އެއްވެސް މީހަކު އަހަންނަށްޓަކައި އެއްވެސްކަމެއް ކުރާނެކަމެއްނެއް، އަހަރެންގެ ހަޔާތް ބިނާކުރާނީ އަހަރެން.. ބައްޕަ އަހަރެން ނަށް ހޯދާދިން ތަޢްލީމަކީ މިހަޔާތް ބިނާކުރުމަށްޓަކައި ހޯދާދިން ތަޢްލީމަކަށް ވާނަމަ ބައްޕައަށްވެސް އެނގިލައްވާނެ ޙިޔާތެއްފެށޭނީ އެއްމިޒާޖެއްގެ ދެކުއްޖަކު ގުޅިގެންކަން!! "އާނ!!! ދެންހިނގާ!!! ކާން!ބައްޕައަށް މިހާރު ލަސްވާނެ!!!"
އާޞިމް ޝަރަފުޢްދީނާއި ޚާތިމް ޝަރަފުޢްދީނާއި އެދެކުދިންގެ ބައްޕައާ އަދި މިއަދު އެދެކުދިންގެ މަންމަކަމަށްވާ ބޭގަމްނާޒިލީ ޝަރަފުއްދީންވެސް މިހާރު އެއިންނެވީ ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފު ކުރައްވާށެވެ. އެމީހުން ފަރިއްކޮޅަށް އިންސާފު ކުރަމުން ބައްޕަގެ ފާރމަށް މިފަހަރު އެލިބުނު ކާމިޔާބުގެ ވާހަކަ ދައްކަމުންދިޔައެވެ.
       "ދެންރަނގަޅުވާނެ އިރާދަކުރެއްވިއްޔާ! މީގެފަހުން ފާރމުގެ ކަންތައްތައް ބަލަންޖެހޭނީ ތިޔަދެބެންނަށް.. އެއީ ބައްޕަ މިހާރު މުސްކުޅިވެއްޖެ، އެހެންވީމާ ބައްޕަގެ ވިޔަފާރިއަކީ ކަލޭމެން ކުދިންގެ މިލްކެއް. މީގެފަހުން އެކަން ދަނެގެން ޒަމާނާ އެއްގޮތަށް މަސައްކަތް ކުރާތި.! ބައްޕަދެން މިދަނީ.. އޮފީހަށްދާން.. މާދަމާއިން ފެށިގެން ދެކުދިންވެސް އޮފީހަށް ނުކުންނަންޖެހޭނެ...." "އާދެ! ބައްޕާ.." ދެކުދިން އެއްފަހަރާ ނަންގަތެވެ. އެވަގުތު ނާޒިލީ ބޭގަމް އެދެކުދިންނާ ދިމާލަށް ބަލާލާފައި ޝަރަފުއާ ދިމާލަށް ބަލާލިއެވެ.
       ޝަރަފު ބޭރަށް ނުކުންނަމުން ނާޒިލީއަށް ގޮވާފައި ބުންޏެވެ. "މިރޭ ތަންކޮޅޭއް ލަސްވެދާނެ.. އަހަރެން ނެތަސް ނިދިއައީމަ ނިދާލާ" "ޝަރަފް.. އެހާލަސްނުވައްޗޭ..! މިހާރުދެން އަރާމުކުރަން ޖެހޭނެ!" "މިހާރުވެސް އަހަރެން އަރާމުނުކުރަނީތަ؟
"އެހެނެއްނުން.."
" ދެން ދަނީ.."
       ޝަރަފް ނާޒިލީ ބޭގަމް އަށް ޓާޓާކިޔާފައި އެދުރުވީ އޮފީހަށެވެ. އާސިމާއި ޚާތިމް ޓިވީ ކޮޓަރީގައި މަޑުކޮށްގެން ތިބީ ޓީވީ ބަލާށެވެ. ކުޑައިރުކޮޅަކު އެއތާނގައި ތިބުމަށްފަހު އާޞިމް ޚާތިމް ކައިރީގައި ބުންޏެވެ.
"ހިނގާދަމާ އޮފީހަށް ގޮސްލަމާދޯ!"
"އާނ ހިނގާ ދަމާދޯ.."
       ދެކުދިން ޓީވީ ކޮޓަރިން ނިކުމެގެން ގަރާޖާދިމާލަށް ދަނިކޮށް ރީނާއާ އޭނާގެ ބައްޕަ ހަވޭލިއަށް އައިސްތިއްބާ ފެނުނެވެ.
"ޚާތިމް" ރީނާ ގޮވާލިއެވެ.
" އާނ!" ހަމައެކަނި އާއޭ ކިޔާފައި ކުރިއަށް ހިނގައިގަތެވެ. "ޚާތިމް އަހަރެން ބޭނުން ވާހަކައެއް ބުނަން.." ރީނާ ދުވެފައި އައިސް ޚާތިމް ކައިރީގައި ބުންޏެވެ. އެވަގުތު އާޞިމްގެ ހިތަށްއެރިއެވެ. "ވަރެއްވޭތާދޯއެވެ" " މިހާރުމިދަނީ އޮފީހަށްދާން، އެހެންއިރަކުން.."
"ނޫން.. ކޮއްކޯ، މިހާރު އޭނައާއެކީ ދޭބަލަ! ބޭބެ އަންނާނަން 9:30 ގައި ކޮށްކޮބަލާ!" އާޞިމް މިހެން ބުނުމުން ރީނާ ވާރަށް އުފާވިއެވެ. ނަމަވެސް ޚާތިމަށް ހިތާހިތުން ރުޅިއާދެވުނެވެ. ނަމަވެސް އޭނާއކީވެސް އެހާ އަޚްލާޤީ ފެންވަރުދަށް މީހެއްނޫނެވެ.އެހެންވީމާ، މި މަޖުބޫރިއްޔަތަށްޓަކައި މިފަހަރު އޭނާ ބޯލަނބާލިއެވެ.
       އާޞިމް ގަރާޖަށްވަދެ ކާރުނެރެގެން ދިޔައީ އޮފީހަށެވެ.  އޭރު ބައްޕަ ރައްޓެއްސަކާއެކު ބޭރައްގޮސްފައިވުމުން އޭނާ އޮފީހުގައި މަޑުކުރިއެވެ
       ރީނާއާއެކު ޚާތިމް ބަގީޗާތެރެއަށް ދާތަން ބަލަން ނާޒިލީއާއި އޭނާގެ ބޭބޭ ނަޢުފަލް ތިބީ ވަރަށް ހެވިފައެވެ އެމީހުން ދެކޭގޮތުގައި މިހާރު އެރަނގަޅުވާނީއެވެ. "ގިނަގިނައިން ރީނާމިގެއަށް ފޮނުވާ...އެއިރުން ރަނގަޅުވާނެ ކަންނޭގެ!" "އާނ! މަށައްވެސް ހީވަނީ ތިހެން... ޗުއްޓީ ދުވަސްދުވަހުވެސް އޭނާމިގެއަށް ފޮނުވާނަން!!!"
"އާނ! ރަނގަޅުވާނެ!!!"
       ޚާތިމް ރީނާއާ އެކީގޮސް ބަގީޗާތެރޭގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
"އަހަރެން ހަމަހައިރާންވަން... ރީނާ އަހަރެންގާތު އެހާ މުހިއްމު ވާހާކައެއް ބުނަންވެފައި އޮތީތީ... އަހަރެންގެ ނަޒަރުގައި އެވަރުގެ ގުޅުމެއް އަހަރުމެންގެ ނެތްކަންނޭގެ"
"އެވަރުގެ ގުޅުމެއް އުފެއްދީމަ އޮންނާނެ އެއްނުން..."
"އަހަރެން ބޭނުމެއްނޫން.. އެކަހަލަ ގުޅުމެއް..."
"ކީއްވެތަ؟ މީނަ އަހަރެންދެކެ ލޯބިނުވަންވީ!
'މިހިރަ މޮޔަޔާ! ލޮއެއްބަކީ ވާއެއްޗެއްނަމަ އަހަރެން ލޯބިވާނީ ރީނދެކެ، އެކަމަކު އެއީ ވެވޭއެއްޗެއްނުން. އެހެންވެ އަހަރެން އިންކާރު ކުރަނީ.. ރިނާއަށް ހާދަނުވިސްނޭ! ވާނީވެސް އެހެންތާ.. އެއެއްޗަކުން ފެލޭނީ އެއެއްޗެއްގެ ދިޔައެއްނުން!"
"ޚާތިމް... އަހަންނަށްދޯ ނުވިސްނެނީ... ޚާތިމް ބުނެބަލަ، އަހަރެން ހުތުރީތަ؟ "ވަރަށްރީތި" ޚާތިމް ހީލިއެވެ.
"ދެން ޖާހިލީތަ؟
"ނޫނޭ... ތިވަރުގެ ކޮލިފިކޭޝަންހުރި އެޑިއުކޭޓެޑް އަންހެނަކު ވަރަށް މަދުވާނެ!
ާތިމަށް އެނގޭނީ މަލާމާތްކުރަން"
"ނުވިތާކަށް އެއީދެރަކަމެއްތަ؟" ޚާތިމް އަދިވެސް އޭނާ ރުޅިއަރުވާލަން ބޭނުންވިއެވެ. "އެންމެރަނގަޅު، އަހަރެން ނަށްވުރެއް ތަޢުލީމީ ފެންވަރު މަތީ ކުއްޖެއްތޯ އެއީ"
"އަހަރެން ނުބުނަމެއްނުން، މީނައަށްވުރެއް ކިޔެވުމުން ކުރިއަރާފައި ހުރި ކުއްޖެކޭ..... އަހަރެން މިބުނީ އޭނަ ގެވެހިވާނެޔޭ.. ދިރިއުޅުމުގައި ދިމާވާ ކޮންމެކަމެއްގައި އަހަންނާ އެއްވަރަކަށް ހިއްސާވާން ދަންނާނޭ..އަދި ކޮންމެ އުފަލެއްގައިމެ، ބައިވެރިވާނެޔޭ... އެނގިއްޖެތަ؟ ތަޢުލީމު ހުރުމަކުން މީހާ އަދި މީހަކަށްނުވާނެ،   ހިލްމުވެރިކަމޭ މިކިޔާ ސިފަނެތިއްޔާ އެއީ މީހަކަސް ގެލެރީ ގަމީހެއް!
"މިހާރު ތިބުނަނީ އަހަންނަކީ އެއްވެސް މީހެއްނުނޭދޯ؟؟  އަހަރެން މިފަހަރު ވާރކިން އެކްސްޕީރިއެންސަށް ދިޔައިން، އޮފީހަކަށް އަހަރެންވީ ވަރަށް ރަނގަޅު ކުއްޖަކަށް!"
"އަހަރެންވެސް ރީނާއަށް ތިޔަލިބުނު އުފަލަށްޓަކައި މަރުހަބާކިޔަން.. ރީނާތިބުނީ އޮފީހެއްގެ ވާހަކަތާދޯ؟! ރަނގަޅު، އެއޮފީހަކީ ވަރަށްގިނަ ކަސްޓަމަރުން އަންނަ އޮފީހެއްކަމަށްވާނަމަ އެމީހުން ބޭނުންވާނެ ކަސްޓަމަރުން ދަމަހައްޓަން، އެހެންވީމާ ރީތިކަމާ މަސްނޫއީ އަދި ޖާޒުބީ ހިނިތުނަވުންތަކަކީ އިންސާނާ ހިތްހަމަޖައްސާދޭ ކަންތައްތައްކަން މީނާއަށްވެސް އިނގޭނެ ކަންނޭގެ، އެހެންވީމާ... ރީތިބުދެއް ބެހެއްޓުމުގެ ބަދަލުގައި ރީތިގަހާނާތަކަކުން ޖަރީކޮށްފައިވާ ރީތިއަންހެން ކުއްޖެއް އިނުމަކީ މިޒަމާނުގެ ވިޔަފާރިވެރިންގެ ބުއްދި ރަނގަޅުކަމުން ކުރާކަމަކަށް ވެދާނެ! އެހެނަސް ހަޔާތުގެ މައިދާނުގައި އެފަދަކުދިންނަކީ މާއެދެވޭ ރަނގަޅު ނަތީއްޖާއެއް ނެރެވޭނެ ބައެއްކަމެއް އަހަރެންނަކަށް ހިއެއްނުވޭ...! އެކަމަކު ބުނަން، އޭގެތެރޭގައިވެސް ތިބޭނެ ތިމާ  އުޅޭތަންތަނަށް ހުރުމަތްތެރިކޮށްހިތާ، ތިމާގެ ކަސްޓަމަރުންނަށް މެހެމާންދާރީ އަދާކުރަން ދަންނަމީހުން.. އެމީހުންނަކީ އެތަނުގެ ކުރިއެރުން.. ރީނާ ތިއިންނަހެން ކިބުރުވެރިވެގެން ތިބޭކުދިންނަކީ ޙަޤީގަތުގައި ކުރިއެރުމަކަށް ނުވާނެ.!
"ދެންހެޔޮ... މަނިކުފާނަކީ ލެކްޗަރެއް.... ބުނެބަލަ! އަހަރެންނަށް ޚާތިމްގެ މީހަކަށް ވެވިދާނެތަ؟
"އަހަރެންދެ މީހާ އަހަންނަށް ވަރަށް ރަނގަޅު... މިބުނީ ރީނާ ގޯހެކޭނޫން... އަހަރެން ރީނާ ދެކެނީ ކޮއްކޮއެއްގެ ގޮތުގައި... އެހެނަސް ރީނާއަށް ތިޔައައި ބަދަލުތަކާމެދު އަހަރެން ވަރަށް ދެރަވެއްޖައިން..... އަހަރެން ލޯބިވަނީ އެހެންމީހެއްދެކެ، ކުޑަކޮށްވެސް ރީނާދެކެ އަހަންނެއް ލޮއެއްބެއްނުވޭ....! ދެންދަނީ...
"ކީއްކުރަން.... އަހަރެން ކައިރީ ހިނދުކޮޅެއްވާއިރަށް ނުދެވިގެން ލަސްބޮޑުވެފިއި އަބަދު ތިހުންނަނީ ކިއްވެތަ؟؟؟  އެކަމަކު އެރަންޑީ ކައިރީގައި ވެއެއްޖިއްޔާ.......
"ޝަޓަޕް! ދެވަނަ ފަހަރަށް ތިހެން ނުބުނައްޗޭ.... ޚާތިމްގެ ލޭ ހީވަނީ ކެކިކެކިހުރި ތެޔޮތާހެއްހެން ކެކުނީހެއް ހެންނެވެ. އޭނާގެ ލޯބިވެރިޔާއާ ދިމާލަށް ރަންޑިއެކޭ ބުނާއަޑު އަހާކަށް އޭނާ ބޭނުމެއްނޫނެވެ.
       ރީނާ ރަންޑިންނަކީ ކޮންބައެއް ކަމެއް ކަލެއަކަށް ނޭންގޭނެ، އެހެނަސް ރަންޑިންނަކީ ކޮންބައެއްކަން އަދި ކަލެއަށް އަންގަދޭނަން!!! އެދުވަހުން އަހަރެންގެ ރޫޙްވެސް ކަލެއަށް މަލާމާތް ކުރާނެ، އަދި ކަލޭގެ އަމިއްލަ ނަފްސުވެސް..... ދެންމީގެފަހުން އެކަހަލަ ވާހަކައެއް ޠާހިރު އަންހެއް ކުއްޖައާ ބެހޭގޮތުން ދައްކާއަޑު އިވިއްޖިއްޔާ.... ހަނދާންކުރާތި..... އަހަރެންނަކީ އޭނާގެ އައްޑަނަ، މިއައްޑަނައަކީ ކަސްބީ އަދި ރަންޑީއަކުން އަތްކަންލާފައިވާ އައްޑަންއެއްނޫން، ތެދުވެރި ދެލޯބިވެރިންގެ ލޯބީގެ ރަމްޒެއް......."
"ހުނ! އަހަންނަށްކިއް!؟! ރަންޑިވާނީ ހަމަ ރަންޑިއަށް، ރަންޑިނުވާނެ މަތްމީހުންނަށް ކިޔާނަމަކަށް..." ރިނާ ރުޅިއައިސް ހުރެ އަމިއްލައަށް ބޮޑޭވިއެވެ.
"ރިނާއަކީ މާތްމީހެއްނުން.. ތިހިރަ މުޑުދާރުކަމާއިގެން އޮޔާދަނީ.."
"ކަލެއަށްކީއްތަ؟ އަހަރެންނަށް ކޮންމެގޮތެއްވިޔަސް" ރީނާ ރުޅިއަސް ރަތްވެއްޖެއެވެ. "މަށައް ކަމަކަށްވަނީ ތިހިރަ ތަޢުލީމީ ލޮލުން އަވާމެންދުރަށް ބަލާތީ...."
"ހުނ.. އަދިއެބަ މަލާމާތް ކުރެއެއްނުން..."
އަމިއްލަ ބޮލުގައި ފުނާއަޅާލަން ނޭނގޭމީހަކަށް މަލާމާތް ކުރާނީވެސްކާކު؟؟؟ "ޚާތިމް ހަމަހެނީއެވެ. ރީނާ ހަމަރުޅިއައިސް ރަތްވަނީއެވެ. ރީނާގެ ދެލޯ ހިވަނީ އަނގުރު އަލިފާން ކޮޅެއްހެންނެވެ. ޚާތިމް ރީނާ ރުޅިއަރުވަމުން ދަނީއެވެ. ރީނާއަށް އޭނަގެ ދިފާޢުގައި އެއްޗެއްބުނަން އެންމެ ފުރުސަތެއްވެސް ނުދެއެވެ. ރީނާއަށް އޭނާ ޚާތިމްދެކެ ލޯބިވާވަރު ބަޔާންކުރެވޭ ގޮތެއްނުވިއެވެ. އެއީ ޚާތިމްގެ ވާހަކަ ހުރިގޮތުން އެފުރުޞަތު ނުލިބެނިއެވެ.
" ޚާތިމް... އެންމެރަނގަޅޭ... އަހަރެން ދައްކާވަހަކަ އަޑުއަހާލަން މަޑކޮށްބަލަ!"
"އަހަރެން ހަގީގަތުގައިވެސް ޚާތިމްދެކެ ލޯބިވެޔޭ! އެކަމަކު..."
"އެކަމަކު ވަގުތުފާއިތުވީދޯ.." ޚާތިމް ރީނާގެ ޖުމްލަ ފުރިހަމަކޮށްލިއެވެ.
"އެހެނެއް އަދި ނުވެއެއްނުން... ޚާތިމް އަހަންނާ ގުލޭނެނަމަ ވަގުތުއެބައޮތް."
"ރީނާ، އަހަންނާ ގުޅެން މިހާރު ވަގުތެއް ނެތެއްނުން! އެފުރުޞަތުމިހާރުވަނީ އެހެންފަރާތަކަށް މިލްކްވެފައޭ...."
"އެކަން އަހަންނަށްވެސް މިހާރުއިނގޭ... އަހަރެން ލޯބިވަންޏާ  ލޯބިވާވާހަކަ ހުށައެޅުން އެއީ ކުށެއްތަ..؟؟؟
"ނުން....! ކުށެއްނުން..."
"ޚާތިމް ބައްޕަވަނީ އަހަރުމެން ދެމީހުންގެ ކައިވެނި މާކުރިން ހަމަޖައްސާފައި"
"ދަރިން ތސައްރަފު ފުދި ބޮޑުވުމަކީ ދިރިއުޅުމެއް ފެއްޓޭވަރަށް ޤާބިލުވުން ކަމަށްވާނަމަ އޭނާއަށް ވިސްނެންޖެހޭނެ ކަންނޭގެ ތިމަންނަގެ ޙަޔާތުގެ ބައިވެރިއަކަށް، ތިމަންނަދެކެ ލޯބިވާ އަދި ހިތްއެދޭ ގުޅުންހުރި، އުޅުންހުރި ކުއްޖަކު ނުހޯދާ މައިންބަފައިން ދައްކާ ކުއްޖަކާ އިނުމުން ފަހުންލިބިދާނެ ގެއްލުންތައް.... ޙަޤިގަތުގައި ތަޖުރިބާކާރުންގެ ބަހާ މުޖްތަމަޢުގެ ޢަމަލުތަކާ ވަރަށްބޮޑަށް ގުޅުން އެބަހުރި. އެހެންވީމާ އަހަރެން އިންނާނީ އަހަރެންވެސް ލޯބިވާ މީހަކާ"
"މައިންބަފައިންނާ މިއޮއްބޮޑު ގެއާ މުދާތައް ދޫކޮށްލަން ޖެހުނަސް...." "އަހަރެން އިންނާނީ ހަމަ ރާނިޔާއާ... ވަރިހަމަ އެއްފަރާތުގައި ރަނާއި ޖަވާހިރުގެ ފަރުބަދައެއް ހުއްޓަސް ގަހެއް ރުކެއްނުވާ ހަނަފަސް ސަހަރާއެއްގައި ރާނިޔާ ހުއްޓަސް އަހަރެން ނަގާނީ ހަމަ ރާނިޔާ.... އެއީ ކީއްވެތޯ އަހާބަލަ! ޚތިމް ރީނާ ކުރާނެ ސުވާލެއްވެސް ބުނެދިނެވެ
"އެޔޯ!!"
       އެއީ އަހަންނާ ރާނިޔާ އާއި ދެމީހުން ކައިވެނިކޮށްގެން އެހަނަފަސް ސަހަރާ އާބާދުކުރެވޭނެތީ... އަހަރަމެންނަށް އިނގޭ މަސައްކަތް ކުރީމަ  M ރިޒުގު ދެއްވާނެކަން.... އެހެންވެ، އަހަރެން މުދަލަށް ދަހިވެތިނުވާނީ.... އެއީ ފަނާވެދާނެ ތަކެތި. އެކަމަކު ތެދުވެރި ލޮއެއްބަކީ ދެދުނިޔެ ފަނާވިޔަސް އާޚިރުގައިވެސް ފަނާވުމެއްނުވާ އެއްޗެއް. އަހަރެން ބޭނުމީ ރާނިޔާގެ ލޯބި. އެލޯތްބައްޓަކައި އަހަރެން ޤުރުބާން ވަޢުދުވެފައިވާ ހިތްހެޔޮ ހިތަކުން ހަދިޔާ ކޮށްފައިވާ ލޯބި. އިނގިއްޖެތަ؟؟ ދެންވެސް ކޮލެޖެއް ހުރިޔާ ނަމަކަށް ނަމަވެސް ފަރިދައްކަން  ނަމަވެސް ދާތި. ކިޔެވުމުގެ މަޤްޞަދު އޮޅުވާލަނީ ތިކަހަލަ ވިޔާނުދާ ކުދިންގެ ވިޔާނުދާ ސަކަތަކަކުންކަން މިހާރު އިނގިއްޖެތަ..؟؟
ރީނާ ހަމަ އަނގައިންވެސް ބުނަން ނޭނގިފައި ކައިރީގައި ހުރި އިރުދޭމާ ގަހުގައި ހިފަހަށްޓާލައިގެން ހުއްޓެވެ. ޚާތޮމަގެ ސަބަބުން މިއަދު ރީނާގެ ސިކުނޑީގައި އެތައް ބުރުތަކެއް ޖެހޭކަހަލައެއެވެ. ރީނާ ޚާތިމްގެ އެހިއްވަރާ ޢަޒުމާމެދު ހައިރާންވިއެވެ. ހަޤީގަތުގައިވެސް ޚާތިމް އެގޮތަށް ޢަމަލުކުރާނެ ހެއްޔެވެ. 
ހަމަހިމޭން ކަމުގައި ތިއްބާ ކާރެއްގެ ބަރުގޮނުގެ އަޑަށް ޚާތިމް އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރު ހިންގާލިއެވެ. އޭރު ގަޑިން 9:45 ހިނގައިފިއެވެ. " ބޭބެ އެއައީ އަހަރެން ބަލާ.... އަވަސް އަވަހަށް ޚާތިމް ބުނެލިއެވެ. އަހަރެން ދަނީ... އަހަންނަށް އިންތިޒާރު ނުކުރާތި!"
ޚާތިމް ދިއުމުން ރީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ވާނީވެސް އެހެންނެވެ. މީގެ ދެއަހަރެއްހާ ދުވަސްކުރިން ރީނާއާއި ޚާތިމް ވަރަށް ގުޅެއެވެ. އެކުގައި ކުޅެހަދައެވެ. ކިސްތީ ދުއްވާލަން ދެއެވެ. އެދުވަސް ތަކުން ފެށިގެން ރީނާ ޚާތިމްދެކެ ލޯބިވެއެވެ. ނަމަވެސް އެކަން ސިއްރުކޮށްގެން ހުރީއެވެ. ޚާތިމްވެސް އކަހަލަ ވާހަކައެއް ނުދައްކާތީއެވެ. ބުނަންނުކެރި އެތައް ދުވަހެއް ފާއިތުވެ ދިޔައިރު ކަންތައްތައް ވެފައި އޮތީ މުޅިން އެހެން ގޮތަކަށެވެ. ރީނާގެ ބައްޕަ ޚާތިމްގެ ބައްޕައާ އެވާހަކަތައް ދެއްކިދުވަހު ރީނާ ވަރަށް އުފާވިއެވެ. އެދެވަހުން ފެށިގެން މިއަދާ ހަމައަށް ނީނާ ދެކެމުންއައި ހުވަފެންތަކަކީ ނުހަނު އުފާވެރި ހުވަފެން ތަކެކެވެ. އެނަމެފަހުން އެތާނުހުރެވިގެން ރުމާލުން މޫނު ފޮހެލުމަށްފަހު ފާޚާނާއާ ދިމާލަށް ދުއްވައިގަތެވެ. ފާޚާނާއަށްވަދެ މޫނުދޮވެލުމަށްފަހު ފެންޑާއަށް އައިރު ބައްޕައާ ނާޒިލީ  އުޅެނީގެއަށް ދާށެވެ ދެމީހުންވެސް ތިބީ ރީނާފެނުމުން ވަރަށް އުފާވެފައެވެ. އެރޭ ގެއަށް ދިއުމަށްފަހު އެންމެނަވެސް އަވަސްވެގަތީ ނިދާށެވެ.
       އާސިމާއި ޚާތިމް އޮފީހަށް ދިޔައިރު ބައްޕައެއް ނުދުރުވެއެވެ. އެހެންކަމުން އެގޭދެބެން އޮފީހުގައި މަޑުކުރިއެވެ. އެއީ ބައްޕަ ދުރުވީމާ ބައްޕައާއެކީ ހަވޭލިއަށް ދާންވެގެންނެވެ. މާގިނައިރުތަކެއްނުވެ ޚތިމްމެން އެތާތިއްބާ ޚާތިމްގެ ބައްޕަ ދުރުވެއްޖެއެވެ. "އަހާ......! ދަރިފުޅުމެން އެބަތިބީމުތަ؟  ކޮންއިރަކުއްސުރެއް.."
"ދިހައެއްޖަހަނިކޮށް އައީ "
"އާނ ދެންހިނގާ ގެއަށްދަމާ... މިހާރު އެއޮތް 11:30 ވީނުން.."
" ބައްޕަ ދުރުވަންދެން މިތިބީ"
       ދެކުދިން ޝަރަފުއްދީނާއެކު ކާރަށްއަރާ ގެއާދިމާލަށް ދިއުމަށްޓަކައި މިސްރާބުޖެހިއެވެ. ޝަރަފުއްދީން، ރަޝިޔާ ހިސާބުން ލިބުނު މާރކޭޓާ ބެހެގޮތުން މިހާރު ވަރަށްގިނަ ކަންތައްތައް އޮޅުންފިލުވާދިނެވެ. އޭނާގެ ރަޙްމަތްތެރި ޠާރިޤްގެ ވާހަކައާއި އޭނާގެ ރަނގަޅު ކަމާ ހިތްހެޔޮކަމުގެ ވާހަކަތައް ކިޔާދިނެވެ. އަދި އޮފީސް ހިންގުމާބެހޭ ތަފާތުކަންކަން އެކަންތައްތައް އޮންނަގޮތަށް ކިޔާދިނެވެ. ގެއާހަމައަށް ދެވެންދެންވެސް ދެކެވުނީ ހަމަ އެވާހަކަތަކެވެ.
       ގެއަށްގޮސް ކޮފީތަށްޓެއް ބެއްލެވުމަށްފަހު ނިދަން އޮށޯތެވެ. ޝަރަފުއްދީންވެސް ނިދާ ހެދުން ބަދަލުކުރުމަށްފަހު މަސަންދުގައި އޮށޯވެ ވަޑައިގަތެވެ. އެވަގުތު އަނބި ކަމަނާއާ ވަރަށް އުފާވެރިކަމާއެކު މުޚާތަބްކުރަމުން ގެންދެވިއެވެ. މިރޭ އޭނާގެ ރަޙްމަތްތެރި  ޠާރިގުއާ ބައްދަލުވީ ވާހަކައާއި އެނާގެ ހިތްހެޔޮކަމުގެ ވާހަކަ ދެއްކިއެވެ.
       އަހަރެންވެސް މިހާރު މުސްކުޅިވެއްޖެދޯ.... އެހެންވެ މިހާރުމިއުޅެނީ ދަރިންނަށް މި ވިޔަފާރީގެ ކަންތައްތައް ދަސްކޮށްދީ އެކުދިންނަކީ ޒިންމާދާރު ކުދިބަޔަކަށް ހަދަން.... އޭރުން އަހަރެން ދުނިޔޭގަ ނެތަސް ވިޔަފާރި ކުރިއަށްދާނެއެއްނުންދޯ... އަދި އެކުދިންނަށް އެކުދިންގެ މުސްތަޤްބަލް އުޖާލާ ކުރެވޭނެ އެއްނުންދޯ...
"ޝަރަފް.... އަހަރެން ވާހަކައެއް ނަންގަތިއްޔާ ރުޅި ދުރުވާނަންތޯ...؟؟
"އަހާބަލަ! ބޭގަމް."
"ޝަރަފް... ޝަރަފް، މަރުވެއްޖެނަމަ......"
"ބޭގަމް.. އެކަނިވެދާނެތީ ދެރަވަނީދޯ.....!
"އާނ...!!! " "އަހަރެންގެ ދަރިންނަކީ ހަމަނާޒްގެވެސް ދަރިންނެއްނުން. އެހެންވީއިރު އެކުދިންވެސް ދެކޭނީ ތިޔައީ އެކުދިންގެ މަންމަކަމަށްނު.... އެކުދިން ނާޒްބަލާނެ ނާޒް މަރުވަންދެކަށް"
"ޝަރަފުއަށް ޔަޤީނަވޭހޭ އެކުދިން ބަދަލުނުވާނޭކަން"
"އާނ...!! ކީއްވެބަދަލުވާންވީ... ނާޒް ބަދަލުނުވަންޏާ އެކުދިންވެސް ބަދަލުވާނެ. އަދި ރީނާ އަހަރެންގެ ދަބިކޮޔަށްވީމާ ދެންވެވޭނީ ކޮންބަދަލެއް. ޝަރަފްއަށް ޔަޤީންވޭތަ ޚާތިމް ރީނާއާއި ކައިވެނިކުރާނެކަން..."
"ޔަޤީން...... އަހަރެންގެ ބަސްއަހާނެ އެކުދިން."
"ދެން ނާހާފިއްޔާ...."
"ދެންވެސް ހެދޭނެ ގޮތްގޮތް ހުންނާނެ."
"މިސާލަކަށް... އަންހެނުންނާއެކު މިގެއިންދިއުން."
"މާނައކީ އަހަރެންގެ މުދަލުން ވަކިކުރާ ގޮތަށް ނިންމުންދޯ...!
"އެފަދަ ފިޔަވަޅަކުންވެސް ރަނގަޅު އަތަކަށް ލަނބައިފިއްޔާ ރަނގަޅެއްނުންދޯ...!"
"މިހާރު އަހަރެންގެ މުދަލެއްނޫނޭ މިއީ....މިއީ ހަމަ އެކުދިންގެ އެއްޗެހި."
"އެހެންވީރު ދެންއަހަރެން.... ޑާލިންގް.... ނާޒްލީއަށް ރޮވެންފެށިއެވެ."
"ދެންނުރޮވޭ.... ޑާލިންގް... އަހަރެން ޑާލިންއަށް ދެރަގޮތެއް ނުހަދާނަން. އެންމެ ރަނގަޅެއްނުން"
"އެކަމަކު ރީނާއާ ޚާތިމް، ކައިވެނި ނުކޮށްފިއްޔާ.." "އޭނާއަށް ޖެހޭނީ މިގެއިންދާން...." ޝަރަފުއްދީން ބޭގަމްގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ.
"ދެން އެކަން އަވަސްކުރަންވީނުން.. މިހާރު ރީނާވެސް ކިޔަވާ އެނިމެނީ... އަހަންނަށް ފެންނަނީ އަންނަ އަހަރު ކުރީކޮޅު ކުރަން."
       "އާނ.. ބޭގަމް ބޭނުންގޮތެއް، އަހަރެންވެސް ބޭނުން ދަނބި ދަރިއެއްގެ ލޯބި ލިބޭމީހަކަށްވާން..... މައްސަލައަކީ އަހަރަމެންނަށް އިތުރު ކުއްޖަކު ލިބުމުގެ ނަޞީބުނެތްކަން. އަހަރުމެންގެ ބޭނުމަކީ އަންހެން ކުއްޖަކު ހޯދުން. އެހެނަސް އެނަޞީބު އަހަރުމެންގެ ތަޤްދިރުގައި ނެއްކަންނޭގެ.
"ކީއަކުރާނީ... އަހަރެންވެސް ދެރަވޭ... އަހަރެންނަށް މަންމާއޭ ކިޔާފައި ގޮވާލާނެ އަމިއްލަ ބަނޑުއަޅައި ވިހޭ ދަރިއަކުނެތީމަ.. ނަމަވެސް ޑޮކްޓަރުންވެސް އެއްވެސް ޔަޤީންކަމެއް ނުދޭ... އެއްވެސް އުއްމީދެއްނެތް."
"ދެން އެކަމާ ޚިޔާލުނުކޮށް ނިދަންއުޅޭ... މިހާރު ވަރަށް ލަސްވެއްޖެ."
       އެދެމެފިރިކަނބަލުން އެކަކު އަނެކަކާ އެކިކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށްފަހު ނިދީއެވެ. ނަމަވެސް ނާޒިލީއަށް ނިދުނީ ވަރަށް ދަންވީފަހުންނެވެ. އޭނާ ވަރަށް ބޮޑަށް ކަންކަމާ މެދު ވިސްނައެވެ. އަދި އެކިއެކި ތަދްބީރުތައް ހިތުގައި ރާވާލިއެވެ. އޭނާވެސް ދެރަވަނީ ކުއްޖަކު ލިބުމުގެ ނަޞީބުނެތް މީހަކަށް އޭނާވީމައެވެ. އެހެނަސް ޝަރަފުއްދީނަކަށް އެކަމުގެ ފުރިހަމަ ޙަޤީގަތެއް ނޭންގޭނެއެވެ. އެނގޭނީ ބާރުގަދަ ބޭސްތަކެއް ބޭނުންކުރެވިފައި ހުރިކަމެކެވެ. އެކަމާމެދު  ބޭގަމް ނާޒިލި ބުނަނީ، އެއީ އޭނާކުޑައިރު (ގާތް ގަނޑަކަށް އަންހެން ކުދިންގެ ފުރާވަރުގެ އުމުރުގައި) ވަރަށް ބޮޑަށް ބަލިވިވާހަކައެވެ. ޑޮކްޓަރަށް ދެއްކުމުން ދިންބޭސްތަކެއް އޭނާކޭކަމަށްވެއެވެ. އަސްލު އެބޭހަކީ ދަރިންއުފެދުމުގެ ނިޒާމާބެހޭ ނާރުތައް ކުދިކުދިވާފަދަ ބާރުގަދަ ބޭސްތަކެކެވެ. އޭނާ އެކަމާމެދު މިހާރު ވަރަށް ދެރަވެގެން އުޅެއެވެ. ޝަރަފް ލަންޑަން، އެމމެރިކާ އަދި އޮސްޓްރޭލިޔާފަދަ ޤައުމުތަކުގެ ޑޮކްޓަރުންނަށް ނާޒިލީ ދެއްކިއެވެ.  އެކަމަކު އެއިން އެއްވެސް ޑޮކްޓަރަކު އުއްމީދެއް ފާޅެއްނުކުރެއެވެ. މިހާރު އެދެމެފިރިން އެތިބީ މުޅިން އުއްމީދު ކަނޑާލައިގެންނެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.