"މަސްކިރާ ބޯޓް ފުލުވެގެން ފެލިވަރަށް - މާދަމާ އަނެއްބޯޓް އަހަން ރަށަށް" ދާއިރާ މެމްބަރ
މިމަހުގެ ސާދަ ވަނަ ދުވަހު މިރަށް އައި ރަންދި މަސްކިރާ ބޯޓް މިރޭ ވަނީ ފެލިވަރަށް ދާން ފުރާފައެވެ. ބޯޓު ފެލިވަރަށް ދާން ފުރީ ބޯޓް ފުލު ވެގެންނެވެ. މާދަމާ އެހެން ބޯޓެއް ތުޅާދޫ އަށް ބަދަރު ކުރާނެ ކަމަށް ދާއިރާގެ މެމްބަރ، މަލަ އަށް ހާމަ ކުރައްވައެވެ.

ތުޅާދޫގެ މަސްވެރިންނަކީ ރާއްޖޭގެ އެހެނިހެން މަސްވެރިންނާއި ޚިލާފަށް މަހުގެ އަގު އެހާ ރަގަޅު އަގެއްގައި އާއްމު ކޮށް ލިބޭ ބައެއް ނޫނެވެ. އެހެން ނަމަވެސް މެމްބަރ ޙަންނާނު ގެ ހީވާގި މަސއްކަތުން މި ވަގުތަށް އެކަން މިވަނީ ޙައްލު ވެފައެވެ. މަލަ އަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ " އަޅުގަޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުމީހާގެ އިޙްސާސް ދަނެގެން މާތްﷲ ގެ ވާގިފުޅާއި އެކު ދާއިރާގެ ރައްޔިތުންނަށް ކުރިއެރުން ހޯދަން .... އެގޮތުން އަޅުގަޑު ދަންނަވާ ކަންކަން މިސަރުކާރުން މިއަންނަނީ ފަހި ކޮށް ދެއްވަމުން .... އެކަމަށްޓަކައި ސަރުކާރަށް މިހިނދުގަވެސް އަޅުގަޑު ދަންނަވަން "
ތުޅާދޫގެ ރައްޔިތުންނަކީ ތަރައްޤީގަ އަތު ހިފަން ދަންނަ ބަޔަކަށް ވެގެން މިރަށް ތަރައްޤީ ކުރަން ޖެހޭފަދަ އާބާދީ އެއް ރަށަށް ކަމަށް މެމްބަރ ޤަބޫލު ކުރާކަމަށް ވެސް މި މަލަ އަށް ހާމަ ކުރެއްވިއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0