މީޝެލް
ވާހަކަ ވިދާޅުވާ ބޭފުޅުންނަށް
މީޝެލް.
ހަޔާތުން ދުވަހެއް ފާއިތުވަމުންދިޔައީ އާއިލާއެއްގެ ލޯބި ނުލިބިއެވެ. ނަމަވެސް އެކުވެރިންގެ ފަރާތުން އަހަރެންނަށް ލިބެމުންދިޔަ އުފާވެރިކަމަކީ އަހަރެން އަބަދުވެސް އުފާކުރާހާލު ޝުކުރުވެރިވާ ކަމެކެވެ. އަހަރެންގެ އުމުރުން އެންމެ 3 އަހަރުގައި އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ ކާރު އެކްސިޑެންޓެއްގައި އަބަދުގެ އަބަދަށް ލޯ މަރާލައި، އަހަރެންނާއި ވަރަށް ދުރަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން އަހަރެން އުޅެ ބޮޑުވީ އަހަރެންގެ ބޮޑުދައިތަ ކައިރީ ސްރީލަންކާގައެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަކީ މާލެ އަށް އުފަން ދެމީހުންނެވެ. އެހެން ކަމުން އަހަރެންގެ ބައްޕަ އަށް ލިބުނު ގޯތީގައި ބައްޕަވަނީ ގަނޑުވަރެއް ކަހަލަ ރީތި ގެއެއް އަޅާފައެވެ. ގެއަކީ މާލޭގައި ހުންނަ އެހެން ގޭގެއާއި ވަރަށް ތަފާތުކޮށް ހަދާފައި ހުންނަ ގެއެއް ކަމުން އެ ގެއަށް ފާރަލާ އެތަކެއް ލޯ ތަކެއް މާލޭގައި ދިރިއުޅެމުން ދިޔައެވެ. ޚާއްސަކޮށް މަޝްހޫރު އެކި ފަރާތް ތަކެވެ.
އަހަރެންގެ އެއްބަނޑުގައި އިތުރު އެހެން އެއްވެސް މީހެއް ނެތުމުން އަހަރެންގެ މައިންބަފައިންވަނީ އެ ގެ އަހަރެންނަށް ހަދިޔާ ކޮށްފައެވެ. އެހެން ކަމުން ކިޔަވާ ނިމުމުން އަހަރެން ބަދަލުވީ މާލެއަށެވެ. ގޭތެރޭގައި އެކަނި އުޅެން ޖެހުނަސް އަހަރެންގެ ޝަކުވާ އެއް ނެތެވެ. ސަބަބަކީ އަހަރެން ވަރަށް ކުޑަ އިރުއްސުރެ ވެސް އެކަނި އުޅެން ދަސްކޮށްފައިވާތީއެވެ. ނައުރީން އަކީ އަހަރެންގެ އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އަހަރެންނަށް ހިތާމަ އެއް އަދި އުފަލެއް ލިބުނަސް އެކަމުގައި ބައިވެރިވާ ހަމަ އެކަނި އެކުވެރިޔާއަކީ ނައުރީން އެވެ. އެހެންކަމުން އަހަރެންގެ ހިތުގައި ނައުރީން އަށްވަނީ ރަޙުމަތްތެރިއަކަށް ވުރެ ބޮޑަށް ދައްތަ އެއްގެ ކުލުނު ޖެހިފައެވެ.
ޖައްވުގެ ތެރޭގައި ދަތުރުކުރުމަށްފަހު ކަނޑުމަގުގައި ވިއްސަކަށް މިނަޓް ހޭދަކުރުންވީ އަހަރެންނަށް ބުރަ ބޮޑު ކަމަކަށެވެ. ނަމަވެސް އަހަރެންގެ އުފަން ފަސްގަނޑު ފެނުމުން އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަމަކީ ބަޔާންކުރަން ދަތި އިހުސާސްތަކަކަށްވިއެވެ. މާލޭގެ ހުޅުލޭ ފެރީތަކާއި ދިމާލަށް ފެރީ މަޑުކޮށްލުމުން ފޮށި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީމެވެ. އަށާރަ އަހަރު ފަހުން މާލެ އަށް އާދެވުން ވީ އަހަރެންގެ ހަޔާތުގައި ފާހަގަކޮށްލެވޭ އުފަލުން ފުރިގެންވާ ދުވަހަކަށެވެ. އަހަރެންނަށްނަށް މަރުޙަބާ ކިޔުމަށްޓަކައި ނައުރީން އާއި އޭނާގެ އަލަތު ލޯބިވާ ފިރިމީހާ ހުރީ ކެތްމަދުވެފައެވެ. އަހަރެން ފެނުމުން ދެމީހުންވެސް އެއްފަހަރާ ކަހަލަ ގޮތަކަށް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އަދި ނައުރީންގެ ދެލޮލަށް އުފާވެރި ކަމުގެ ކަރުނަތައް ޖަމާވިއެވެ.
" ޕިސް ޕިސް! ސާބަސް! އެއްކަލަ މީހާ ޑްރާމާ ކުޅެން ފެށީ ދޯ އެހާ އަވަހަށް. ޅިޔަންބޭ ކިހިނެއްތަ؟ ކޯއްޗެއް ކާތީ ތަ މާވަރަކަށް ތި ފުފެނީ؟" އަހަރެން ނައުރީންގެ ފިރިމީހާ ހައިކަލް އާއި ސަލާމް ކޮށްލަމުން ބުނީމެވެ. " ގެރި މަސް ކައިގެންނޭ ފަލަވަނީ! ނައު އަބަދު ކާންދެނީ ގެރިމަސް ވިއްޔަ! ފަލަ ނުވިއްޔާ ދެރަ އެއްނު! ދޯ ނައު." ހައިކަލް ދޯ އަޅާލީ ނައުރީން އަށެވެ. " އަދިވެސް މިތާ ވާހަކަދައްކަން ތިބޭނީތަ؟ ހިނގާ ގެއަށް ދަމާ." ނައުރީން އަހަރެންގެ އަތުގައި ހިފައިގެން ގޮސް ކާރަށް އެރިއެވެ. ގެއާ ހަމައަށް އާދެވުމުން އަހަރެން ވަރަށް ހަލުވިކަމާއެކު ކާރުން ފޭބީމެވެ. ގެއަށް ވަންނަން ހުރި ދަނގަޑު ދޮރު ކުރިމައްޗަށް ހުއްޓިފައި ކުރިމަތިން ފެންނަން އޮތް މާބަގީޗާ އާއި ދިމާލަށް ނަޒަރު ހިންގާލީމެވެ. އެވަގުތު އަހަރެންގެ ސިކުނޑީ ގައި މަންމަ އާއި ބައްޕަ ގެ ޚިޔާލުތައް ދައުރުވާން ފެށިއެވެ. ކުޑައިރު ބައްޕައާ އެކީ ބަގީޗާގައި ކުޅޭ ހަނދާން އާވެ އާލާ ވާން ފެށިއެވެ. އަދި ލޮލުން ހޯސް ލާފައި ކަރުނަތައް ކޯތާފަތް މައްޗަށް ޖަމާވަމުން ދިޔައެވެ.
އެވަގުތު ނައުރީން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. " މީޝެލް އަށް ރޯންވެސް އިނގޭތަ؟ ނައު ހީކުރީ މީޝެލް އަކީ އަބަދުވެސް ސަކަ މިޒާޖުގެ ކުއްޖެއްކަމަށް. އަދި ކިރިޔާ މި އިނގުނީ ރޯކަންވެސް." ނައުރީން އަހަރެން ހެއްވާލަން މަސައްކަތް ކުރިއެވެ. " ހިހި! "ޑްރާމާ ކުއީން. މިސިޒް ނައުރީން." އަހަރެން ނައުރީންގެ ކޮލުގައި ހިފާލީމެވެ. ގޭޓު ހުޅުވާލުމަށްފަހުގައި ވަރަށް ލަސް ފިޔަވަޅު ތަކެއްގައި ގޮސް ގޭތެރެއަށް ވަނީމެވެ. ފުން ނޭވާ އެއް ބޭރުކޮށްލުމަށްފަހުގައި މުޅި ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. ހަމަ އެވަގުތު ޅަ ދުވަސްވަރު ހަނދާންވާން ފެށިއެވެ. މަންމަ އަހަރެންނަށް ކާންދޭންވެގެން އަހަރެން ފަހަތުން ދުވާ މަންޒަރާއި ބައްޕާ އެކު ސިޓިންގް ރޫމްގައި ބަހައްޓާފައި ހުންނަ ބޮޑު އުނދޯލީގައި ނިދާފައި ތިބޭ ދުވަސްތައް މަތިން ހަނދާން ވިއެވެ. އަހަރެންނަށް ޙިޔާލީ ދުނިޔެއިން ނިކުމެވުނީ ޖެހުނު ބާރު ވައި ރޯޅި އަކާއެކު ކާ މޭޒުމަތީ ބަހަޓާފައި ހުރި ޕްލާސްޓިކް މާވަށިގަނޑު ވެއްޓުމުންނެވެ. ދެންވީ އަޖައިބެއް ކަހަލަ ކަމެކެވެ. އޭގެ ސިކުންތުކޮޅެއް ކުރިން އަހަރެން ކައިރި ތިބި ނައުރީން އާއި އޭނާގެ ފިރިމީހާ ފެންނަން ނެތުމުން ހައިރާން ވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނިކުމެގެން ގޭޓާ ހަމައަށް އެރިތަނާހެން ދެ ފިރިހެނުންގެ ކުރިމައްޗަށް ޖެހުނެވެ.
އެދެމީހުން ތިބީ ކޯޓު ފަޓުލޫނު ލައި، ބޯ އޮމާން ކޮށް ފުނާއަޅައިގެން މިޒަމާނުގެ ބަހުރުވައިން ނަމަ ވަރަށް "ސްމާޓް" ކޮށެވެ. އަހަރެންގެ އަނގައިން ބަހެއް ބޭރުނުވެ އުޅެނިކޮށް އެތަނުން އެކަކު ގެންގުޅޭ ފައިލް އެއްގެ ތެރެއިން ސިޓީ އުރައެއް ނެގިއެވެ. " ތިއީ ފާތިމަތު ނައުރީން ތޯ؟". " ނޫން. ކިހިނެއްތޯ ވީ؟". މި ސިޓީ އެބޭފުޅާ އާއި ހަވާލުކޮށްދެވިދާނެތޯ؟." އެމީހާގެ އެ ސުވާލަށް އަހަރެންނަށް ބޭ އިޚްތިޔާރުގައި ބޯ ޖަހާލެވުނެވެ. އަދި ސިޓީ އާއި ހަވާލުމަށްފަހުގައި އެއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ޖަވާބު ބޭނުންވާ އެތައް ސުވާލު ތަކަކާ އެކުގައެވެ.
އަހަރެންގެ ހިތް އަވަސްވެފައި ވާ ވަރުން އެ ސިޓީ އުރަ ކަނޑާލީމެވެ. އަދި ވަރަށް އަވަހަށް އޭގައި ވާ އިބާރާތް ތައް ކިޔަން ފެށީމެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލަ އެވެ. ބޮލުގައި ހީވީ މީހަކު ބާރު ބޮނޑި އެއް ޖެހިހެންނެވެ. އަހަރެންނަށް ހުރި ދިމާއަށް ތިރިވެވުނެވެ. ރޮމުން ކަރުނަ އަޅަމުންނެވެ.މީޝެލް.

އަހަރެންގެ ހިތް އަވަސްވެފައި ވާ ވަރުން އެ ސިޓީ އުރަ ކަނޑާލީމެވެ. އަދި ވަރަށް އަވަހަށް އޭގައި ވާ އިބާރާތް ތައް ކިޔަން ފެށީމެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލަ އެވެ. ބޮލުގައި ހީވީ މީހަކު ބާރު ބޮނޑި އެއް ޖެހިހެންނެވެ. އަހަރެންނަށް ހުރި ދިމާއަށް ތިރިވެވުނެވެ. ރޮމުން ކަރުނަ އަޅަމުންނެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0