ތުޅާދޫ މަލަ 6 ވަނަ އަހަރީ ދުވެސް

މިއަދަކީ ތުޅާދުުޫ މަލައިގެ 6 ވަނަ އަހަރީ ދުވަހެވެ.

އޮގަސްޓް 22, 2025 - 07:04
އޮގަސްޓް 22, 2025 - 09:46
 0
ތުޅާދޫ މަލަ 6 ވަނަ އަހަރީ ދުވެސް
ތުޅާދޫ މަލަ
ތުޅާދޫ މަލައަކީ ތުޅާދޫގެ ތާރީޚުގެ ތެރެއަށް ވަން ފުރަތަމަ އޮންލައިން ނޫހެވެ. މިއަދަކީ މިނޫހުގެ 06 ވަނަ އަހަރީ ދުވަހެވެ. މިއަދުގެ މުނާސަބާގެ ހެޔޮއެދުންތައް މަލައިގެ އަހުލުންނަށާއި ތުޅާދޫގެ ލޮބުވެތި ރައްޔަތުންނަށް ދަންވަމެވެ.
ތުޅާދޫ މަލަ ވަރަށް ގިނަ ދަތިތައް ގިރާކުރަމުން ނޫސްވެރިކަން ކުރަމުންދާތާ ފަސް އަހަރުފުރި ހަ ވަނަ އަހަރަށް މަރުޙަބާ ކީ ހިނދު އެނޫހުގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ ވަނީ މަސައްކަތް ކުރަމުންއަންނަ ދާއިރާތަކުން ޤައުމީ އިނާމަށް ނަން ހުށައަޅާފައިކަން ފާހަކަ ކޮށްލެވެއެވެ.
ޓެކުނިކަލު ގޮތުން ތުޅާދޫ މަލައަށް ކުރިމަތިވަމުންއަންނަ ދަތިތަކަށް ޙައްލު ހޯއްދަވާދެއްވުމުގައި ބ.ތުޅާދޫ ދިލާސާގޭ އަޙްމަދު ޒަހީން އާއި މާއޮޅު އަޙްމަދު ނިޒާމް ސީޑީ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތަށް ތުޅާދޫ މަލައިން އަބަދުވެސް ސުކުރު އަދާކުރެއެވެ.
ތުޅާދޫ މަލައިގެ އިދާރާއިން ހާމަކުރާގޮތުން މިނޫހުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިނޫހަކީ ހިލޭސާބަހަށް ހިންގާ އޮންލައިނެއްކަމުން މިނޫހަށް ތަފާތު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.