ތުޅާދޫ ކާނިމާ ޢާއިލާއަށް ދިމާވި ފުން ހިތާމައިގައި ތުޅާދޫ މަލަ

ކާނިމާ ޢާއިލާގެ ފުންހިތާމައިގައި ތަޢުޒިޔާ ދަންނަވައި އެ ހިތާމަ އާއި އެކު ތުޅާދޫމަލަ

އޮގަސްޓް 25, 2025 - 06:10
އޮގަސްޓް 25, 2025 - 16:22
 0
ތުޅާދޫ ކާނިމާ ޢާއިލާއަށް ދިމާވި ފުން ހިތާމައިގައި   ތުޅާދޫ މަލަ

ބ.ތުޅާދޫ ކާނިމާގޭ ދާޥޫދު ޢަލީ އޭ ދެންނެވުމުން މިއަދުގެ ޖީލުގެ ޅަދޮޅު ކުދިންނަށް ފަހަރެއްގައި ނޭގިދާނެއެވެ. އެހެންނަމަވެސް އެއީ ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ގިނަ ގުނަ ޚިދުމަތް ތަކެއް ކޮށްދެއްވަމުންދާ ، ކޮށްދީފައިވާ އަގުހުރި ޢާއިލާއެކެވެ. 

އެއީ މަޝްހޫރު ކަޅުދާޥޫދު ފިހާރައިގެ އޯނަރެވެ. އަދި އެހެންގޮތަކަށް ދަންނަވަނީނަމަ ދާޥޫދު ޙާޖީއެވެ. ދާދި އިހަކަށް ދުވަހު ޖަޕާނުގައި ކާފަ ދަރިކަނބަލަކު ކުއްލި ގޮތަކަށް ނިޔާވި ޚަބަރަކީ މަރްޙޫމު ދާޥޫދު ގެ ލޮބުވެތި ދަރިކަލުން ޙުސައިން އަށާއި ޢައިލާގެ އެހެނިހެން މެމްބަރުންނަށް ލިބިދިން ފުންހިތާމައެކެވެ. ހަމަ އެއާއެކު ދާޥޫދު ޙާޖީގެ ލޮބުވެތި އަނބިކަބަލުން ޙަރީރާ ވެސް މިދަނޑިވަޅުގައި ނިޔާވެ ދިޔުން ވަނީ ރިހޭފައިމައްޗަށް ފޮއެވެއްޓުން ފަދަ ކަމަކަށް ވެފައެވެ. 

ދާޥޫދު ގެ އަނބި ޙަރިރާއަކީ ވެސް ތުޅާދޫގެ އަންހެން ކަނބަލުންގެ ތެރެއިން ފާހަކަ ކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައިވާ ރަށުގެ އަގުހުރި ދަރިއެކެވެ. އެހެންކަމުން ކީރިތި ﷲ މިމަތިވެރި ޢާއިލާގެ ކުދި ބޮޑު އެންމެނަށް ކެތްތެރިކަން ދެއްވައި ހެޔޮވިސްނުން ދެއްވާށިއެވެ. އަދި މިދަނޑިވަޅުގައި ނިޔާވި ދެބޭ ކަނބަލުންގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 3
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 1
މަޖާ މަޖާ 1
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 19
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.