ތުޅާދޫ އަކީ ބާޑީޖަހައިގެން ބިންހިއްކި މީހުން ދިރިއުޅޭ ރަށެއް
ތުޅާދޫ އަކީ ބާޑީޖަހައިގެން ބިންހިއްކި މީހުން ދިރިއުޅޭ ރަށެއް
ތުޅާދޫގެ ހީވާގި އަފްރާދުންނަކީ ހަމައެކަނި ހީވާގި ބައެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ރަށެއް އެކަންޏެއްނުމެނޫންމެއެވެ. ތުޅާދޫއަކީ ހިތްހެޔޮ ބައެއްދިރި އުޅޭ ، ރަށަށް ޒިޔާރަތް ކުރާ ބީރައްޓެހިންނަށް މެހެމާން ދާރީ އަދާކުރުމުގައި ރާއްޖޭގެ ނަމޫނާ މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކުލަދާން ފަންނުވެރިންތަކެއްވެސް ތިއްބެވި ރަށެކެވެ. މިރަށަށް މިއަހަރުގެ އޮގަށް 12 ވަނަ ދުވަހު ރައީސުލް ޖުމުހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން ވެވަޑައިގަެންނެވި އެންމެ ޖޯޝްއިން ފުރިގެން ދިޔަ ޥަޢުދަކީ ބާޑީ ޖައިގެންހިއްކާފައިވާ { ގާތްގަޑަކަށް 119 ވަރަކަށް ގޯތި }ގޯތިތައް އަމިއްލަ ކޮށްދެއްވާނެ ކަމަށް ވި ވަޢުދެވެ. މިވަޢުދު ވުމުގައި މިހާރުގެ އެމްޕީ ވަރަށް މުހިއްމު ދައުރެއްވާކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.
ތުޅާދޫ ގެ މަސްވެރިން ބިންނެތުމުގެ ސަބަބުން މަސްއަވިލާ އުޅުނީ ވެސް މަގުތައްމަތީއެވެ. ކަންމިހެން ހުރިކަމުގައިވިޔަސް ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތަޢާރަފު ވުމުގެ ކުރީގައި ވަރަށް އެކުވެރި މާޙައުލެއް އޮތް ، މިތުޅާދޫގެ އެތައްދަރިވަރުންނެއް ވަނީ ތަޢްލީމް ޙާޞިލު ކުރުމަށްޓަކައި މާލެގޮސް އެތައްކާމިޔާބެއް އެތައް ދަތިތަކާއި ވޭންތައް ތަޙައްމަލު ކުރަމުން ހޯދާ ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފާފައެވެ. މިއަދު އެނަންތައް އަޅުގަޑުގެ ހިތައް އަންނައިރު، އަޅުގަޑަށް ކިޔަވާދެއްވި ޓީޗަރުންގެ ތެރޭގައިވެސް މާލޭގަ އެތައް ދުވަހަކު ޙާލުގައި އުޅެމުން ޢުމުރުން އެންމެ ސޯޅަ އަހަރުގައި ވެރިކަމުގެ ސަނަދާއި އަދި އެފަދަ އެތައް ސަނަދު ތަކެއް ޙާޞިލު ކުރެއްވި ބޭފުޅުން އުޅުއްވަމުން ދިޔައެވެ.
އަދި މީގެތެރޭގައި ޓުއަރިސްމް ދާއިރާގައި 32 އަހަރަށްވުރެ ގިނަދުވަހުޚިދުމަތްކުރެއްވި ބޭފުޅުން އެންމެ ޗާލާކީ ގޮތުގައި ރިޓަޔަރ ވެގެން އެތިމިބެވީ ، މި ތުޅާދޫ ފަޚުރުވެރި ނުވާނެތޯއެވެ. ޑޮކްޓަރ ފިލޯސަފީ އެންމެ ފުރަތަމަ ޙާޞިލު ކުރެއްވި ތުޅާދޫގެ ދަރިއަކީ ކަތީބެއްގެ ދަރިއަކަށް ވީހިނދު އެއީ ދަރިންނަށް ޓަޢުލީމު ހޯދާދިނުމުގައި ނަމޫނާ ބަފައެކޭ ނުދަންނަވާނީ ކާކުތޯއެވެ. ދިވެހިރާއްޖޭގެ ފުލުހާއި އެމްޑީއެފްގެ ދާއިރާގައި ހިތްވަރާއި ކެރުމާއިއެކު އޭރުވެސް އަދި މިހާރުވެސް ވަރަށް ހިތްވަރުގަދަ ދަރިންތަކެއް ދިޔައީ ފެންނަމުންނެވެ. އިސް ސަފުގައެވެ.ވީމާ މިތުޅާދު އަކީ ފަޚުރިއްޔަތެއް އޮތްރަށެއް ދެއްތޯއެވެ. މިހާރުވެސް ޕީއެޗްޑީ ނަންގަވަމުން އެވަޑައިގަންނަވަނީ ތަޢްލީމަށް ޓަކައި އެތައް ޤުރުބާނީއެއްވި ، ތުޅާދޫ ގައި ރަގަޅު ޖީލެއް ބިނާކުރެވޭތޯވެސް ޅައިރުއްސުރެ މަސައްކަތްކުރުމުގެ ޝައުޤު ހުރި ތުޅާދޫ އެދަރިންނަށްޓަކައި ފަޚުރުވެރިވާ ޖީލުގެ އަހުލުންނޭ ދަންނަވާ ލުމަކީ ހާދަ އުފާވެރި އިޙްސާސް އެއް ހިތަށް ލިއްބާދޭ ކަމެކެވެ.
ތުޅާދޫގެ ދަރިން ތުޅާދޫ ދާއިރާގައި ހޯދާ ކާމިޔާބީއަކީ މިއަދު މިޤައުމު ފަޚުރުވެރިވުން ޙައްޤުކަމެކެވެ. ތުޅާދޫ ދާއިރާ ގެ މިދާއިރާއިން އެންމެ އިސްކޮށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުން ތުޅާދޫއަށް ހިނިތުންވުން ނައިސްނުދާނެކަން އެމަފެނޭ ދެއްތޯއެވެ. އެހެންކަމުން އަޅުގަޑު އެދެނީ ތުޅާދޫފައި ހިންގޭ ބޮޑެތި މަސްރޫޢުތަކުގައި ހާހާއި ނުވަސައްތަނަވައި ވަނަ އަހަރުތަކުގައި ފެނުނުފަދަ ބޮޑިބަތް ޖާފަތްތަކެއް ތުޅާދޫގެ ގެ ލޮބުވެތި ރައްޔިތުން މިއަދު ހަދިޔާ ކުރައްވަމުން ގެންދިޔުމެވެ. އޭރުން އަޅުގަޑުމެންގެ ތަރައްޤީގެ ދުވެއްޔަށް އިތުރު ފޮނި ކަމަކާއި ފަރިކަމެއް ލިބުމަކީ ދާދި ގާތުގައިވާ ކަމެކެވެ.ބާޑީ ޖަހައިގެން ހިއްކި ރަށުގެ އަހުލުންގެ ފޮނިއުއްމީދުތައް ބަންޑާރަ ވެ އޮތް އޮތުމަށް ނިމުމެއް އަންނަހިނދު އުފާވެރިވެ ނަޔާވެ ފަރި ވާނީ ކޮންއެޗެއްތޯއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
4
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0











