ބ.ތުޅާދޫ މަރިޔަމް ޙުސައިން ރިޓަޔަރ ކުރައްވައިފި

24 އަހަރުގެ އަގުހުރި ޚިދުމަތްތެރިޔާ ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވައިފި

ސެޕްޓެމްބަރ 7, 2025 - 14:42
ސެޕްޓެމްބަރ 7, 2025 - 22:17
 0
ބ.ތުޅާދޫ މަރިޔަމް ޙުސައިން ރިޓަޔަރ ކުރައްވައިފި

ބ.ތުޅާދޫ މަރިޔަމް ޙުސައިން ތުޅާދޫ ޞިއްޙީ މަރުކަޒުގައި ވަޒީފާ އަދާކުރައްވާތާ 24 އަހަރު ވެފައިވާއިރު 04 ސެޕްޓެމްބަރ ގައި ، އޭނާ ޝަރަފުވެރި ކަމާއިއެކު ރިޓަޔަރ ކުރައްވައިފިއެވެ. މިކަމުގެ ޚަބަރު ތުޅާދޫ މަލަ އަށް ލިބުމާއިއެކު އޭނާގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރަންފެށުނެވެ. އެހެންނަމަވެސް އޭނާ ޖަވާބުދެއްވައިފައި ނުވާތީ އޭނާގެ ބަހެއް އަދި ވަނީ މަލަ އަށް ނުލިބިއެވެ. 

ތުޅާދޫ ޞިއްޙީމަރުކަޒުން ސީނިއަރ އެޑްމިނިސްޓްރޭޓަރ އޮފް ހެލްތް ސާރވިސް ރައްޒާން ވިދާޅުވި ގޮތުގައި ބ. ތުޅާދޫ ޞިއްޙީމަރުކަޒަށް 24 އަހަރަށްވުރެ ދިގު މުއްދަތަކަށް ތިޔަ ކޮށްދެއްވި ހިދުމަތަކީ އަޅުގަނޑުމެން ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ހިދުމަތެއް. މަރިއްތަ ފާހަގަ ކުރެވެނީ ސާފުތާހިރު، ތަރުތީބު އަދި ވަރަށް ގަޑިއަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައި. މިވީ 24 އަހަރުގެ ތެރޭގައި އެންމެ ދުވަހެއްވެސް ގަޑި ނުޖެހޭކަން ވަރަށް ފާހަގަ ކޮއްލަން ބޭނުން. އެދެނީ އުފާ ފާގަތި ދުވަސްތަކަކަށް އަދި ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުމަށް. އާމީން "

ތުޅާދޫ ޞިއްޙީ މަރުކަޒުގެ ހީވާގި މުއައްޒިފުންވެސް މަރިއްތައަށް ވަރަށް ތަޢުރީފު ކުރައްވައެވެ. އަޅުގަޑުއެދެނީ މިފަދަ ޚިދުމަތްތެރިންގެ އަގު އަބަދުވެސް ވީހާ ވެސް ކުލަގަދަކޮށް ފާހަކަ ކޮށް ޚިދުމަތް ކުރަން ތިބި ޖީލުތަކަށް ނަމޫނާ ބައެއްގެ ގޮތުގައި ވެރިން ފެނިގެން ދިޔުމެވެ. ތުޅާދޫ ޞިއްޙީމަރުކަޒުން މަލައަށް ދެއްވި އިޚުލާޞްތެރި ހިނދު ކޮޅަށްޓަކައި ނުހަނު ބޮޑަށް ސުކުރުދަންނަވަމެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 2
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.