މަސްކިރާ ބޯޓު , ސީދާ ތުޅާދޫ ކައިރިއަށް
ތުޅާދޫގެ މަސްވެރިން ބާނާ މަސކޮޅު ކިރުމަށްޓަކައި ތުޅާދޫ ކައިރިއަށް ރަންދި އައިސްފިއެވެ.މަޢްލޫމާތު ހޯދާލުމަށްޓަކައި މިމަލައިން ދާއިރާގެ މެމްބަރ އާ ވާހަކަ ދައްކާލުމުން މެމް ބަރ ޙައްނާނު ވިދާޅުވީ " ރައީސް މުޢިއްޒު ތުޅާދޫ އަށް ކުރެއްވި ދަތުރު ފުޅުގައި އެމަނިކުފާނަށް އެގިވަޑައިގަތް .... މިރަށުގެ މަސްވެރިންގެ އަދުގެ ޙާލަތު .....ރަށަށް މިހާރު މަސްބާނަމުންދާ މިންވަރު ... އެކަމަށްޓަކައި މަސްވެރިން ހޭދަކުރަން ޖެހޭ ވަގުތު ... އަދި އެންމެ ފަހުން ތުޅާދޫގެ ތަރައްޤީގެ މަސްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ވަޑައިގެން ހިނދު ، އެދުވަހު އެއިވެންޓް ހިގަމުން ދިޔައިރު މަސްވެރިން މަސްނުކިރިފައި ތިއްބެވި ކަން އެމަނިކުފާނަށް އެގިލެއްވި ރަށުގައި މަސްގަންނަމުންދާ ފަރާތްތަކުން އެއިވެންޓް ތާށިވާން ޖެހުން އިއީ މަސްކިރުމަށް ހުރި ދަތިތަކެއް ދެއްތޯ؟ އެކަން އިޙުސާސް ކުރައްވައި ޙާލު އެމަނިކުފާނު ސީދާ ބެއްލެވުމުގެ ދަށުން އެކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރއްވާ ކަމުގެ ހެއްކެއް މިފެންނަނީ ... " އަދި މިސަރަޙައްދުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނޭ ކަމަށް ޙައްނާނު ވިދާޅުވިއެވެ.
މަހުގެ އަގަށް އަންނާނެ ހެޔޮކަމާއި މެދު މިމަލައަށް އަދި މަޢުލޫމާާތެއް ނުލިބެއެވެ. އެހެން ނަމަވެސް އުއްމީދުކުރަނީ ރަގަޅު ވާނޭ ކަމަށެވެ. މިކަމާއި ބެހޭ ގޮތުން މަޢލޫމާތު ކޮޅެއް މަލަ އަށް ޙިއްސާ ކުރީތީ ސުކުރުދަންވަމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












