މިދިވެހި ރާއްޖޭގައި މިހާރު ހިގާ ޙާދިޘާ ތަކުން

މިދިވެހި ރާއްޖޭގެ މީސްތަކުންގެ އިސްލާމީ އެއްބައިވަންތަކަން ގެއްލިޔަ ދިޔަ ސަބަބު ތަކުގައި ސިޔާސީ ބައެއްފަރާތް ތަކާއި ނޫސްވެރިކަމުގައި އެއްވެސް އިޙްތިރާމެއް ނެތި ޤަދަރު ކުރުމެއްނެތް ދުވަސްތަކެއް ދިވެހިން ދުށީމިއަދަކު އެކަންޏެއްނޫނެވެ. ދިވެހިން އަމިއްލަ އަތުން ބުއިބޮޑިއެއްގެ ރަހަ ދިވެހިންނަށް ލިބޭނެތާއެވެ.

 - 
އޮގަސްޓް 20, 2025 - 18:30
 0
މިދިވެހި ރާއްޖޭގައި މިހާރު ހިގާ ޙާދިޘާ ތަކުން
މިދިވެހި ރާއްޖޭގައި މިހާރު ހިގާ ޙާދިޘާ ތަކުން
މިދިވެހި ރާއްޖޭގައި މިހާރު ހިގާ ޙާދިޘާ ތަކުން


ރާއްޖޭގެ ސިޔާސީ މަސްރަޚްގައި މިއަދު މިހިނގާ ހާދިޘާ ތަކުން 
މިދިވެހިރާއްޖޭގެ އުފާވެރި ރައްޔަތުން މިހާރަކަށް އައިސް ތިބެން މިޖެހެނީ ދެން މިޤައުމުގައި ކަންވެގެންދާނީ ކިހިނެއްބާވައޭ ހިތަށް އަރާހާ ވަރުގައެވެ. 
ވެރިކަމަކާއި ބަޔަކު ތޮޅި ޝަހިދުވާހާ ފަހަރަކު ރައްޔަތުންގެ ޙާލާއި އެބައިމީހުންގެ ހިތްހަމަޖެހި ދިރިއުޅެން ޖެހޭ އުޅުމާއިމެދު ވިސްނާނެ ބަޔަކު ނެތަތީވެ، ޢަޖާއިބުވާންވެސް އެބަޖެހެއެވެ. މިހެން މިކަން ވާން މިޖެހެނީ ޔަހޫދީންނާއި ނަޞާރާއިން މުސްލިމުޤައުމުތަކާއި އެޤައުމުތަކުގެ ސަލާމަތާއި އިސްތިޤްލާލު ނައްތާލުމަށް ރާވާފައިވާ ރޭވުންތެރިކަމުގެ ތެރެއިން ގެނައި ޑިމަކްރަސީއޭ މިކިޔާ ވައިރެހުގެ ސަބަބުންބާވައެވެ؟ ޑިމަކްރަސީ އަކީ މީސްތަކުންގެ ރުހުމެވެ. ދުވަހަކުވެސް މިރުހުން ލިބިގެން ވެރިކަމެއް ހެޔޮކުރެވޭނޭ އާދަމުގެ ދަރިއަކު އެބަހުރިތޯއެވެ. 
މިއަށްވުރެ ފަސޭހައިން ވެރިކަން ހެޔޮވާނޭގޮތް ހަތްއުޑުމަތިން މިދުނިޔޭގެ ވެރި އިލާހު އެވަނީ މިތިބަ އިންސާނުންނަށް އަންގަވާފައެވެ. އެއީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ މައްޗަށް ކުރެވޭނެ ވެރިކަން ފިޔަވާ އެހެން ކޮންވެރިކަމެއްތޯއެވެ. މިއާއި ޚިލާފަށް ﷲ އަށް ތަބަޢްވާންވީ އެކަލާނގެ އަޅުން ހިތްއެދޭހާ ގޮތަކަށްނަމަ ކީއްކުރާ ދީނެއްތޯއެވެ. ކީއްކުރަންފޮނުއްވި ރަސޫލު ބޭކަލުންނެއްތޯއެވެ. މިތަނުގެ މީހުން ބައިޢަތު ހިއްޕަވައިގެން ހޮވާވެރިއަކު އިސްލާމްދީނާއި އެއްގޮތަށް ވެރިކަން ކުރަން ދޫކޮށްލާފައި އެގޮތަށް ޢަމަލު ނުކުރާނަމަ ، ރައްޔަތުންގެ މަޖްލީހުން އެވެރިއަކު ރީތި ގޮތުގައި ވެރިކަމުން ޢަޒުލު ކުރައްވާފައި އެހެން ވެރިއަކަށް ބައިޢަތު ހިފީމާ ނިމުނީނޫންތޯއެވެ. 
ދުލުން ބުނެލަން ހާދަހާވާ ފަސޭހަދެއްތޯއެވެ. މީސްތަކުން އެދޭހާ ގޮތަކަށް މިދުނިޔޭގެ ވެރިކަން ބައްޓަންވާންވެއްޖެނަމަ އޭނާ އެދޭގޮތްނުވީމާ ، މީނާ އެދޭގޮތްވީމާ ދެންއުފެދިގެންދާނޭ ފިތުނައިގެ އަލިފާނުގެ ހުޅުގަޑު މިރާއްޖޭގެ ރައްޔަތުން ނުދެނެހުއްޓާ އަންދާލާ ޖަމްނާކޯރަށް އަޅާނުލެމެކޭ އެއްފަދަ ނުވޭތޯއެވެ. މިއަދު މިދިވެހިރާއްޖޭގެ ނާއިބު ރައީސް މާލެ ވަޑައިގަތުމާއި ގުޅިގެން ބަންދު ކުރެއްވީއެވެ. މީގެ އެކާހައްޓި އަހަރުކުރިން މިދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސްވެސް ބޭރުގަހުއްޓާ މަނިކުފާނު ވަޑައިނުގަންނަވަނީހެއް މިޤައުމުގެ ކަންކަން ޙައްލެއްނުވާނޭ ވިދާޅުވެފައި ގުޅަކުޅޭ ފަސްގަޑަށް ތިރިކުރި މަންޒަރު ނޫން ދެން ފެނިގެންދިޔައީ ކޮން އާރޓް ގެލެރީއެއްތޯއެވެ. 
އަޅުގަޑުމެން އެންމެން މިކަންކަމާއިމެދު ވިސްނަވަން އެބަޖެހެއެވެ. އެބައެއްގެ ޙަލާކު ކުރިމަތިވަނީ ނަފުސްތަކުން ކުޅަ ޢަމަލުތަކަކުންނޭ ބުނެއުޅެއެވެ. އެންމެން ﷲ ގެ ދީނުގައި ފިސާރި ވަރުގަދައަށް ހިފަހައްޓަންއެބަޖެއެވެ. ދުނިޔެ ދައުރުކުރާނީކީ އަހަރެމެން ބޭނުންގޮތަށްނޫންކަން މިތަނުގެ ވެރިފަރާތެއްވާކަން ހަނދުނމަ ކުރަން އެބަޖެހެއެވެ. އެފަރާތަކަށް އަޅުގަޑުމެން އަޅުވެތިވާންވީއެވެ. މީސްތަކުންނަށް އަޅުވެތިވުމުގެ ބަދަލުގައި ނަފުސްގެ ވެރި ﷲ އަށް އަޅުވެތިވެ އެކަލާނގެ ޙުކުމްތައް ތަންފީޒު ކުރާ ބަޔަކަށް ފުރަތަމަ އަޅުގަޑުމެން ވެގެންނޫނީ މިރާއްޖެއަކުންދުވަހަކުވެސް ހެޔޮވެރިކަމެއް ނުފެންނާނެއެވެ. އަޅުގަދުމެންފަދަ ޤައުމުގެ ފިކުރުތަކާއި ކުޅެލާގޮތް އަދު ގެޒުވާނުން ވިސްނާން އެބަޖެހެއެވެ. ޔަހޫދީންނާއި ނަޞާރާއިން ދުވަހަކުވެސް މުސްލިމުންނަށް ހެޔޮ ނޭދޭނެކަން މުސްލިމުންގެ ވެރިކަންތައް ޒުވާނުން އަޅުދާސްކޮށް ކައިހުސްކުރަނީކަން ނޭގިހުއްޓާ ކައިލާ ބަނޑުފުރާފާނެ ބައެއްކަން އެމީހުން އާދެ! ޔަހޫދީންނާއި ނަޞާރާއިންގެ ހޭހަން ކުރުމަށް ވިސްނާލަން އެބަޖެހެއެވެ. 
މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒުން މިދިވެހިޤައުމަށް ކިނލަބުކަމެއް އަޔަނުދެއްވުމަށް ދުޢާ ކުރަމުން ޤަލަމު ބާއްވާލަމެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.