ތުޅާދޫގައި ރޭ އެމްޓީސީސީ ގެ ދުވެލި ގާދޫ ކޮލުން އެތެރެ ވީކަހަލަ

ތުޅާދޫ އެއަރޕޯޓު ހިއްކުމުގެ މަސައްކަތް ކުރާ ސްޕީޑަށް ބަލާއިރު ރޭ ގެ މަސައްކަތް ވަރަށް ހަލުއި ކޮށް ކުރިއަށް ގޮސްފައި ވާކަން އެގެއެވެ.

އޮގަސްޓް 31, 2025 - 07:58
އޮގަސްޓް 31, 2025 - 08:00
 0
ތުޅާދޫގައި ރޭ އެމްޓީސީސީ ގެ ދުވެލި ގާދޫ ކޮލުން އެތެރެ ވީކަހަލަ
ރޭ އެމްޓީސީސީ އިން ތުޅާދޫގައި ކުރި މަސައްކަތް ވަރަށް ހަލުއި ފޮޓޯ ތުޅާދޫމަލަ
ތުޅާދޫގައި ރޭ އެމްޓީސީސީ ގެ ދުވެލި ގާދޫ ކޮލުން އެތެރެ ވީކަހަލަ
ތުޅާދޫގައި ރޭ އެމްޓީސީސީ ގެ ދުވެލި ގާދޫ ކޮލުން އެތެރެ ވީކަހަލަ

ތުޅާދޫގައި ހިއްކަމުންދާ އެއަރޕޯޓު އަޅާބިމުގެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ރޭ ކުރިއަށް ދިޔައެވެ. މަސައްކަތުގެ ސާމާނުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރަމުން އެމްޓީސީސީ އިން ކުރަމުންދާ މިމަސައްކަތަކީ އެކުންފުނީގެ ޥަޞީލަތްތަކުން ގެންދެވޭނެ އެންމެ ހަލުއި ސްޕީޑް ކަމުގައި ދަންނަވަން ޖެހެއެވެ. 

ރާއްޖޭގެ އެތައް ރަށެއްގައި މަސައްކަތް ކުރަމުންދާ ދިވެހި ރައްޔިތުންގެ މިކުންފުނީ ގެ ދައުރަކީ ދިވެހިތާރީޚުގައި ފާހަކަ ކޮށްލެވޭނެ ދައުރަކަށް ވާހިނދު ، މިކުންފުނީގެ އިސްވެރިންގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ ވަޞީލަތްތައް އިތުރު ކުރުން ކަމުގައި މަލަ އިން ދެކެމެވެ. ތުޅާދޫ ދާއިރާގެ މެމްބަރ ޢަބްދުލް ޙައްނާނު އަބޫބަކުރު ވަރަށް އިސްކަމެއް ދެއްވައިގެން މިމަސްރޫޢު ބައްލަވާ ކަމީ މަސްރޫޢު މެކުހަށް ޖަހާނޭ ކަމުގެ އަލިގަދަ ފާލެކެވެ. 

އަދި ތުޅާދޫ ކައުންސިލުން ތުޅާދޫ ގެ ތަރައްޤީ އަށް ތަކައި މިމަސައްކަތަށް ދެއްވާ އެއްބާރު ލުން އެއީ މަލަ އިން ސުކުރު ވެރި ކަމާއިއެކު ފާހަކަ ކުރާކަމެވެ. މިފަދަ މަސައްކަތް ތަކާއި ބެހޭ ޚާއްޞަ ބަސްދީ ގަތުމެއް މިމަލައިން އެބަ ތައްޔާރު ކުރަމެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ކުރިމަގެއް ގައި ތުޅާދޫގެ ގެ ލޮބުވެތި ރައްޔިތުންނަށް މި އިންތަރވިއު މިމަލައިން ރައްދު ކުރާނެއެވެ. ހުރިހާ ބޭފުޅުންނަށްވެސް ބާއްޖަވެރި ދުވަހަކަށް އެދެމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 4
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 1
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.